March 18, 2026
Advertisement
ތެލުގެ އަގު ހެޔޮކުރީ އިންތިހާބަށް ފަހުން ބަދަލުކުރާނެކަން މުޖައްރިބު: އައްބާސް
ތެލުގެ އަގު ހެޔޮކުރީ އިންތިހާބަށް ފަހުން ބަދަލުކުރާނެކަން މުޖައްރިބު: އައްބާސް / ސޯޝަލް މީޑިއާ

ތެލުގެ އަގު ހެޔޮކުރީ އިންތިހާބަށް ފަހުން ބަދަލުކުރާނެކަން މުޖައްރިބު: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Mar 18, 2026, 04:38 PM
މާލެ ސިޓީ

ކުއްލިއަކަށް ބޮޑުކުރި ތެލުގެ އަގު ރައްޔިތުންގެ ރުޅިވެރިކަން އަމާޒުވުމުން ދަށް ކުރި ކައުންސިލް އިންތިހާބު ކުރިމަތީގައި އޮތުމުން ކަމަށާ އިންތިހާބު ނިމުމާއެކު އަގަށް ބަދަލު ގެންނާނެ ކަން ޔަގީންކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

 ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމަށްފަހު، އަނެއްކާވެސް ބައެއް ދާއިރާތަކުން އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމުމާ ގުޅިގެން އައްބާސް ވަނީ އޭގެ ފަހަތުގައި އޮތް މަކަރުވެރި ރޭވުން ބަޔާންކުރައްވާ އެކްސް ޕޯސްޓެއް ކުރައްވާފައެވެ.

އައްބާސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމެންދެން ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން ސަރުކާރުން ނިންމީ ސިޔާސީ ބޭނުމަކަށްޓަކައެވެ. އަދި އިންތިޚާބު ނިމުމާއެކު އަނެއްކާވެސް ތެލުގެ އަގު ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވަމުން އައްބާސް ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލާ ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

އައްބާސްގެ އެކްސް ޕޯސްޓު

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ތެޔޮ ލިބުމުގައި ރާއްޖެއަށް ދަތިތަކެއް ނެތް ކަމަށާ ތެލުގެ ރިޒާވު އެބަހުރި ކަމަށް ރައީސް މުހައްމަުދ މުއިއްޒު ވިދާޅުވީ މާރޗު މަހުގެ 2 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ސަރުކާރުން ވަނީ ތެލުގެ އަގު ރެކޯޑު މިންވަރަކަށް ބޮޑުކޮށްފައެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެ ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުވެ 17.54 ރުފިޔާއަށް ވަނީ އުފުލިފައެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.

 މި ބޮޑު އަގުތަކާ ގުޅިގެން ދަތުރުފަތުރުގެ އަގުތައް އުފުލި، މަސްވެރިންގެ އިތުރުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އަމާޒުވާން ފެށިއެވެ. އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، އެސްޓީއޯއިން ރޭ ވަނީ ބައެއް ދާއިރާތަކަށް ލުޔެއް ދިނުމަށް ނިންމާފައެވެ.އެސްޓީއޯގެ ބަޔާނުގައިވާ ގޮތުން، އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި މަސްވެރިންނަށް "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ދެމިއޮންނާނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އެފްއެސްއެމް ޝެޑްތަކާއި އަތޮޅުތެރޭގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved