
ގައުމުގައި ބާއްވާ މައި ދެ އިންިތހާބު ޕީއެންސީގެ ސަރުކާރުން އެއްކުރަނީ މަޖިލިސް މެންބަރުން "ރަނިންގ މޭޓުންގެ" ގޮތުގައި (މަޖިލިސް މެމްބަރުންގެ އެހީއާ ނުލާ) ބޭނުންކުރައްވައިގެން ނޫނީ ދެވަނަ ދައުރެއް ރައީސް މުހައްމަދު މުއިއްޒަށް ކާމިޔާބު ނުވާނެކަން ސާފުވާތީކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ކެންދޫ ދާއިރާ ކުރިން ތަމްސީލު ކުރެއްވި އަލީ މިފަދައިން ވިދާޅުވީ ޓިވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އަލީ ވިދާޅުވީ، އިންތިޚާބުތައް އެއްކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކުރެވޭ ކަމެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަށް މިހާރު ތިއްބެވި މަޖިލިސް މެންބަރުން "ރަނިންގ މޭޓުންގެ" ގޮތުގައި ބޭނުންކުރައްވައިގެން ނޫނީ ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން ސާފުވާތީ، މިއީ އެކަމަށް މަގުފަހިކުރުމަށް ކުރާ ކަމެއް ޢަލީ ތުހުމަތުކުރެެއްވިއެވެެ.
މީގެ އިތުރުން މިއީ އިސްރާފު ބޮޑު ސަރުކާރެއްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ވަޒީފާތައް ބަހާ ދަނީ އެ ސަކަރާތް ޖަހަމުން ކަމަށެވެ. އެހެންކަމުން ދެ އިންތިހާބު އެއްކޮށްލަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ނަމަވެސް ޚަރަދު ކުޑަކުރަން އުޅޭ ސަރުކާރެއްގެ ސިފަ މި ސަރުކާރުން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އެކަށީގެންވާ މިންވަރަށް ނެތްކަމަށް ވެސް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވި މިކަން ޕީއެންސީއަށް ވެސް ސާފުކޮށް އެނގޭ ކަމަށެވެ.










