March 19, 2026
Advertisement
-
- / އަލްޖަޒީރާ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިރާންގެ ހަމަލާތަކުގައި އިޒްރޭލުގެ 170 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 01:04 PM
މާލެ ސިޓީ

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އިރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ދެވޭ ހަމަލާތަކުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ 177 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

Advertisement

މި އާ އަދަދުތަކާއެކު، ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އިޒްރޭލުން ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,924 އަށް އަރާފައެވެ. އިޒްރޭލުގެ ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޒަޚަމްވި މީހުންގެ ތެރޭގައި ސިފައިންނާއި އާންމުން ހިމެނެއެވެ.

މީގެ އިތުރުން، އީރާނުން ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން އިޒްރޭލުން 15 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. ހަމައެއާއެކު، ލުބްނާނުގެ ދެކުނު ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން އިރާނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވެ، އިޒްރޭލަށް އަންނަނީ އިރާނުން ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އަސްކަރީ އަދި މަދަނީ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved