March 19, 2026
Advertisement
ރައީސް ޔާމީނުގެ ސާފު ވިސްނުމަކީ ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނުން: ޑރ ޖަމީލު
ރައީސް ޔާމީނުގެ ސާފު ވިސްނުމަކީ ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނުން: ޑރ ޖަމީލު / ތޭރަ އޮންލައިން

ރައީސް ޔާމީނުގެ ސާފު ވިސްނުމަކީ ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނުން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 19, 2026, 01:41 PM
މާލެ ސިޓީ

ޕީއެންއެފްގެ ރައިސް، ރައީސް އަބްދުﷲ ޔާމީނުގެ ސާފު ވިސްނުމަކީ ދެ އިންތިޚާބު އެއްކުރަން ނޫނެކޭ ބުނުން ކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބެބބޭފުޅުން ފެނުމުން ވަރަށް ވެސް ފުން އިހުސާސުތަކެއް ކުރެއްވޭ ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒުއާ މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ އާ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމުމެން ފަދަ ބޭބޭފުޅުން  ދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ އެހެން މީހުންކަމަށް ބުނި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ދިގުތައް ހަދަމުން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ރައްޔިތުންނަށް ބަޔަކު އޮޅުވާލާނީ އަދުގެ ވެރިން އޮޅުވާލަމުން ގެންދާ މިންވަރަށް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ  މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމުވެސް ހުރީ ތިމާ ފޭހި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިގެން ކަމަށާ އެގޮތުން އަބްދުއްރަހީމުގެ ބާރު ކެނޑި މަޖިލިސް ނައިބު ނަމީރާ ނާޒިމު އަބްދުއްރަހީމުގެ މައްޗަށް ގަދަކޮށް ހުރިހާ އަމުރެއް އަބްދުއްރަހީމަސްވެސް ހިންގަނީ ނާޒިމްކަން ފާހަގަކުރައްވާފައެވެ.

ނާޒިމްއަށް ހުރިހާ ބާރެއް ރައީސް މުއިއްޒު ދީފައިވަނީ، ރައީސް ޔާމީނާ ދެކޮޅަށް ދޮގުހެކި ދިނުމުން އެރުވި އިއްޒަތެއްގެ ގޮތުން ކަން ފާހަގަކުރައްވާ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، މަގާމުގެ ދިފާޢު އޮތީ ބޫޓުގައި ދޫލައިގެންނޭ ބުނާ ގޮތަށް މިއަދު އަބދުއްރަހީމު އުޅެމުންދާ ކަމަށެވެ.

މުސްލިމުންގެ ހަތަރު ވަނަ ޚަލީފާ އަލީގެފާނުގެ ބަސްފުޅެއް ހަނދާނަށް ގެންނވާފައި ޑރ ޖަމިލު ވެއެވެ. އެގޮތުން ކޮންމެ ބައްޔަކަށް ޝިފާއެއް ލެެއްވިކަމާ ނުބައި އަޚްލާގަށް ފިޔަވައި، އެމަނިކުފާނު ދަންނަ އަބްދުއްރަހީމުއާ ނާޒިމު ގެފުޅުކުރިމަތީވެސް ވިސްނާނީ ނުބައި ރޭވުމެއް ރޭވޭނެ ގޮތެއްކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ސާފު ވިސްނުމަކީ ދެއިންތިޚާބު އެއްކުރަން ނޫނެކޭ ބުނުންކަން ފާހަގަކުރައްވާ ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވަނީ މިނިވަން ކެންޑިޑޭޓުންނަށް ވޯޓް ދިނުމާ ޕީއެންސީ އަށް ނޫނެކޭ ބުނުމަކީ ވެސް ރައީސް ޔާމީންގެ ވިސްނުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved