
ކައުންސިލް އިންތިހާބުގެ ވޯޓާ އެކު ނަގަން އުޅޭ ރެފަރެންޑަމް ވޯޓާ ދެކޮޅު ހަދައި، އަޅުގަޑުމެންގެ ޑިމޮކްރަސީ ދެމެހައްޓެމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
ޑރ ޖަމީލު މިފަދައިން ގޮވާލެއްވީ ފިތުރު އީދުގެ ތަހުނިޔާ އަރިސްކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވަނީ އަޅުގަޑުމެން އީދުގެ އުފާފާޅުކުރަމުންދާއިރު، ޣައްޒާގެ ރައްޔިތުންނާއި، އީރާނަށް ދިން ހަމަލާތަކާއި، ހަމަނުޖެހުންތަކުގެ އަސަރު ކުރި ހުރިހާ މީހުންގެ މަތިން ހަނދާންކޮށްލުމަށްވެސް ގޮވާލާފައެވެ. އަދި ދުސްތޫރީ ޗެކް އެންޑް ބެލެންސްތައް ބަލިކަށި ކުރުމަށް ޑރ މުހައްމަދު މުއިއްޒު ކުރާ މަސައްކަތްތައް ހިމެނޭ ގޮތަށް، އަޅުގަޑުމެންގެ އަމިއްލަ ގޮންޖެހުންތަކަށް ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އަޅުގަޑުމެން ސާބިތުވެ، ރެފިރެންޑަމްއާ ދެކޮޅު ހަދައި، އަޅުގަޑުމެންގެ ޑިމޮކްރަސީ ދަމަހައްޓަން ވެސް ގޮވާލައްވާފައެވެ.
ޑރ ޖަމީލު މިފަދައިން ގޮވާލައްވާފައިވާއިރު ރެފަރަންޑަމް ވޯޓަކީ ދެ އިންތިހާބު އެއްކޮށްލާ ރައީސް މުއިއްޒުގެ ވެރިކަން ދަންމާލާ ހުރިހާ ބާރުތަކެއް އެމަނިކުފާނު އަތަށް ނަގަން ކުރާ ކަމެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ބުނެއެވެ.










