March 13, 2026
Advertisement
ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ބުނި މުއިއްޒު، މޯދީ ފައިބުޑަށް ތެޔޮ ހޯދަން ވެއްޓިއްޖެ
ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ބުނި މުއިއްޒު، މޯދީ ފައިބުޑަށް ތެޔޮ ހޯދަން ވެއްޓިއްޖެ / ތޭރަ އޮންލައިން

ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ބުނި މުއިއްޒު، މޯދީ ފައިބުޑަށް ތެޔޮ ހޯދަން ވެއްޓިއްޖެ

Mar 12, 2026, 05:21 PM

ދިވެހިރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދައްޗެއް އަދި އެކަމުގައި ދިވެހި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވުމަށް ފަހު، ހަކަތައިގެ ކަށަވަރުކަން ހޯދުމަށް ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Advertisement

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި އިތުރު ގައުމުތަކުން ހުށަހެޅި އެ ހުށަހެޅުންތައް އެ ގައުމުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި އިންޑިއާގެ އަމިއްލަ ތެލުގެ ރިފައިނިން ގާބިލުކަމާއި ބޭނުންތަކަށް ބެލުމަށްފަހު މިކަމުގައި ގޮތެއް ނިންމާނެ ކަމަށް އިންޑިއާއިން ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް އެފަދަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. 

ރާއްޖެ މި ލިސްޓުގައި ހިމެނޭއިރު މި މަހުގެ ކުރީ ކޮޅު ރައީސް ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ތެޔޮ ލިބިމުގައި ދަތިކަމެއް ނެތް ކަމަށާ އެއްމަސްދުވަހުގެ ރިޒާވު ރާއްޖޭގައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި އޮމާންއިން ފުރައިގެން މިހާރު ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް ދަތުރުކުރަމުންދާ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވިއެވެ.

ނަމަވެސް މިހާ އަވަހަށް ރާއްޖެއިން އިންޑިއާ ފައިބުޑަށް ތެލަށް އެދި އާދޭސްކުރަން ވެއްޓެން ޖެހުނު ސަބަބެއް ނޭނގެއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ތެލުގެ ކަންކަމަށް ދަތިނުވާނެ ގޮތަކަށް ކަންކަން ކުރުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ސަރުކާރުން އިންޑިއާގެ އެހީއަށް އެދުނުއިރު ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މިފަހުން ވިދާޅުވެސް ވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.

މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި މިފަަރު ތެލުގެ އަގު އުފުލިފައިވަނީ ވެސް ރެކޯޑު މިންވަރަކަށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved