March 22, 2026
Advertisement
ދުނިޔޭގައި ތެޔޮ ފީފައެއްގެ އަގު 200 ޑޮލަރަސް އުފުލިދާނެ!
ދުނިޔޭގައި ތެޔޮ ފީފައެއްގެ އަގު 200 ޑޮލަރަސް އުފުލިދާނެ! / ސޯޝަލް މީޑިއާ

ދުނިޔޭގައި ތެޔޮ ފީފައެއްގެ އަގު 200 ޑޮލަރަސް އުފުލިދާނެ!

Mar 22, 2026, 02:20 PM
މާލެ ސިޓީ

މެދުއިރުމަތިގައި ފެށިގެން އުޅޭ ހަނބގުރާމަ ދިގުލައިގެން ދާނަމަ ތެޔޮ ފީފާގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމަށް ދުނިޔޭގެ މާކެޓު ދިރާސާކުރާ އެނަލިސްޓުން ހާމަކޮށްފިއެވެ.

Advertisement

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެން ހޮރުމޫޒު ކަނޑުއޮޅި ބަންދުވުމާއެކުހެން ކަހަލަ ގޮތަކަށް ތެލުގެ އަގު އުފުލި ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. މާރޗު މަހުގެ 9ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އެރިއިރު މިހާރު ފީފާއެއްގެ އަގު ހުރީ 108 ޑޮލަރުގައެވެ.

 ހޯރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ބަންދުވެފައި އޮވެއްޖެނަމަ، ތެލުގެ އަގު 200 ޑޮލަރަށސް އެރުމުގެ ފުރުސަތު އޮތް ކަމަށް އެނަލިސްޓުން ވަނީ އަލްޖަޒީރާގައި ވާހަކަ ދައްކަމުން ވަނީ ހާމަވެފައެވެ.

އޮމާން އަދި ދުބާއީ ތެލުގެ އަގު މިހާރުވެސް ވަނީ 150 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ތެލުގެ އަގު އުފުލިގެންދާނެ މިންވަރެއް ބިނާވެފައި އޮތީ ހޯރުމޫޒު ކަނޑުއޮޅި ބަންދުވެފައި އޮތުމާހަމައަށެވެ.

ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ރައްކާކޮށްފައި ހުރި ތެލުގެ ރިޒާވުން 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް ބައެއް ގައުމުތަކުން އެއްބަސްވެފައިވީ ނަމަވެސް އެއާއެކުވެސް ދުނިޔޭގެ ބާޒާރަށް ދުވާލަކު ގާތްގަނޑަކަށް 10 މިލިއަން ފީފާގެ ތެޔޮ މަދުވާނެ ކަމަށް ވެއެވެ.

 ވުޑް މެކެންޒީގެ ދިރާސާކުރާ އެނަލިސްޓުން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ބްރެންޓު ތެލުގެ އަގު ވަރަށް އަވަހަށް 150 ޑޮލަރަށް އަރާނެ އެވެ. އަދި 2026 ވަނަ އަހަރުގެ ތެރޭގައި 200 ޑޮލަރަށް އަގު އެރުމަކީ ވެސް ނުވުމަށް ވުރެ ވުން ގާތް ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އީރާނުގެ އަސްކަރީ ތަރުޖަމާނަކު ވެސް ވަނީ ތެލުގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރުދީ، އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ދުނިޔެއަށް ގޮވާލާފައެވެ.

ތެލުގެ އަގު 150 ޑޮލަރަށް ވުރެ މައްޗަށް އެރުމަކީ ދުނިޔޭގެ އިގުތިސޯދުގައި "ބްރޭކް ޖެއްސުން" ފަދަކަމަްވާއިރު އޭގެ ސަބަބުން އަސަރު ކުރާނީ ހަމައެކަނި ތެލުގެ އަގަށް އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން ވަޒީފާގެ ބާޒާރާއި، ގަސްކާނާ އަދި ޕްލާސްޓިކް ފަދަ ތަކެތި އުފެއްދުމަށް ވެސް މީގެ ސަބަބުން ދަތިތައް ކުރިމަތިވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved