March 22, 2026
Advertisement
-
- / ބީބީސީ

އިސްރާއީލުގެ ނިއުކްލިއަރ މަރުކަޒަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 21, 2026, 08:15 PM
މާލެ ސިޓީ

އެމެރިކާއިން އީރާނުގެ ނަތަންޒް ނިއުކްލިއަރ ސައިޓްތަކަށް ދިން ނުރައްކާތެރި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ވަރުގަދަ 'ފަތަހް' އަދި 'ޚައިބަރ' މިސައިލްތައް ބޭނުންކޮށްގެން އިސްރާއީލުގެ ޑިމޯނާ ނިއުކްލިއަރ ރިއެކްޓަރަށް ކާމިޔާބު ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

Advertisement

މި ހަމަލާއަކީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެއެވެ. އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ގެއްލުންތަކަށް މިވަނީ އެންމެ އެކަށީގެންވާ ރައްދު ދެވިފައެވެ.

މި ހަމަލާގައި ބޭނުންކުރި 'ފަތަހް' ހައިޕަރސޮނިކް މިސައިލަކީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. ޑިމޯނާ ރިއެކްޓަރަށް އަމާޒުކުރި މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ނިއުކްލިއަރ ގާބިލުކަމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، އީރާނުން ބުނަމުންދަނީ އެ ގައުމުގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތް ގޮތުގައި އަޅާނެ ކަމަށެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ އުންމަތުގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved