March 24, 2026
Advertisement
ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަން: އައްބާސް
ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަން: އައްބާސް / ސޯޝަލް މީޑިއާ

ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަން: އައްބާސް

Mar 23, 2026, 02:10 PM
މާލެ ސިޓީ

ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ މި ސަރުކާރަކީ ދޮގު ހަދާ ވެރިން ތިބި ސަރުކާރެއް ކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިވަގުތު ނުކުރާނަމޭ ބުނެ ފަހާގަކުރަމުންދާ ހުރިހާ ކަމެއް ކައުންސިލް އިންތިހާބުގެ ފަހުން ކުރިން ބުނި އެތި ކެންސަލް ކުރާނެކަމަށް އައްބާސް ވިދާޅުވިއެވެ.

އެގޮތުން އިންތިޚާބުގެ ކުރިން އެކި ރަށްރަށުން ވަޒީފާތަކަށް ނެރޭ މުވައްޒަފުން، އިންތިޚާބު ނިމުމާއެކު ވަޒީފާތަކުން ވަކިކުރާނެ ކަމަށެވެ. ހަމައެހެންމެ ޤައުމުގެ އިޤްތިޞާދީ ހާލަތާ ގުޅޭ ގޮތުން ނަޒަރު ހިންގަވާލައްވާ އައްބާސް ވިދާޅުވެފައިވަނީ، އިންތިޚާބު ނިމުމާއެކު ސަރުކާރުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލާނެ ކަމަށެވެ. މީގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ތަހައްމަލު ކުރަންދަތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

އެހެންކަމުން ކައިރި މާޒީތަކުގައިވެސް ކަން ހިނގާފައި ހުރި ގޮތުން އިބްރަތް ހާސިލުކޮށް، ވަގުތު ފާއިތުނުވަނީސް ބުއްދި އިސްކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އައްބާސް ވަނީ ރައްޔިތުންނަށް ނަަސޭހަތްތެރިވެފައެވެ. އަދި ރެފަރަންޑަމް ވޯޓާ ކައުންސިލް ވޯޓުގައިވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށާ ނަމަވެސް ތަކުރާރުކޮށް ވިސްނުމަށް އެދިފައިވެއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އާދަޔާ ޚިލާފަށް ވަޒީފާތަކަށް އިއުލާނުކޮށް ކުންފުނިތަކަށް މުވައްޒަފުން ނަގަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved