April 15, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

އަސްލު ރައީސް މުއިއްޒު އަދި ހުވާ ނުކުރައްވާ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Mar 13, 2024, 10:40 PM
މާލެ ސިޓީ

އަސްލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ރައީސް ކަމުގެ ހުވާ ނުކުރައްވާ ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ އަސްލު ރައީސް މުއިއްޒު ހުވާ ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ވަޑައިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމަށްފަހު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނަވާނީ ރައީސް ޔާމީން އާއެކުގައިކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުއިއްޒު ރައިސޫލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި އިރު ރައީސް ޔާމީން އެ ރަސްމިއްޔާތުގައި ބައިވެރިވެވަަޑައިގެންފައިނުވެއެވެ.

މިކަމާ ފާޑުކިޔުން އަމާޒު ކުރައްވަމުން މަލީހް ވިދާޅުވީ އަސްލު ރައީސް މުއިއްޒު ފެނިގެންދާނީ މަޖިލިސް އިންތިޚާބަށް ފަހުގައިކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
ޒަރީރު ފާރޫޤު 038029 އޭ
Mar 15, 2024, 07:47 AM
ތިހެން ބުނީމަ މަށަށްވެސް ވައްތަރު ކުރީގަފެންނަނީ ވެލިގަލަށްދާ ސައްތާރުމެންގެ މީހެއް . މިހާރުފެންނަނީ މާބޮޑަށް މޭކަޕް ކަލޭގެއެއް، އަސްލު މުޢީޒު މިހާރުވެސް އެންހާސް ހަތެއް އެންހާސް އަޑެއް ކިޔާ ޔާމީނު ނީލަންކިޔަނީ ތޯއެއްޗެއް.
ހާޝިމު
Mar 14, 2024, 05:13 PM
މުއިއްޒު ހުވައި ކުރުމުގެ ރަސްމިއްޔާތަށް ޔާމީނުއަށްދައިވަތު އެރުވި ކަން މަލީހަށް ނޭގުނީތީ ހައިރާންވެއްޖެ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved