
ސަރުކާރުން ތައާރަފްކުރަން އުޅޭ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް ރާއްޖެއިން ބޭރުން ގެނައި އަގު ބޮޑުކޮށް ކަމަށް ހާމަކޮށްފިއެވެ.
މީސް މީޑީޔާގައި އާދަމް ސަލީމު ނަމަކަށް ކިޔާ މީހަކު ވަނީ ސަރުކާރުން ގެނައި ކާރުތަކުގެ ބްރޭންޑު ލިބޭ އަގުތަކާ އެކު ސަރުކާރަށް ސުވާލެއް އަމާޒުކޮށްފައެވެ.
އެގޮތުންސަރުކާރުން ޓެކްސީ ލައިނުގައި އޮޕަރޭޓުކުރަން ގެނައި ޝަންގަން ޑިޕަލް S05 ގެ އަގަކީ މާކެޓު ޕްރައިސަކީ 16400 ޑޮލަރާ 16900 ޑޮލަރާ ދެމެދުގެ އަގެއް ކަމަށާ ދިވެހި ސަރުކާރުން 150 ކާރު ގެނަން 120 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރި ކަމަށް ހާމަކޮށްފައިވާކަން ފާހަގަކޮށް ސަލީމު ބުނެފައިވަނީ 150 ކާރުގެ އަސްލު އަގަކަށް ވާނީ 39،089،700 މިލިއަން ރުފިޔާ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
އެހެންކަމުން ބާކީ 80،910،300 މިލިއަން ރުފިޔާއަށް ވީ ގޮތަކާ މެދު ސަލީމު ވަނީ ސުވާލު އުފައްދާފައެވެ. އަދި އެކަން ތަފްސީލުކޮށް ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާ އެމްޓީސީސީގެ ކިބައިން އެދިފައިވެއެވެ.

ޓެކްސީތައް ގެނައުމުގައި ވެސް އަގު ބޮޑުކޮށް ޚަރަދުކޮށްފައިވާކަން ހާމަވެފައިވާއިރު މިކަމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރެވެން މިއީ ލިބޭ ބާރެކެވެ.










