April 4, 2026
Advertisement
12 ގަޑިއިރުގެ ކުޑަ ވަގުތުކޮޅަކާ އެކު އެމްޓީސީސީއިން ވަޒީފާއަށް އިއުލާންކުރުން ވެސް އިއްތިފާގެއް؟
12 ގަޑިއިރުގެ ކުޑަ ވަގުތުކޮޅަކާ އެކު އެމްޓީސީސީއިން ވަޒީފާއަށް އިއުލާންކުރުން ވެސް އިއްތިފާގެއް؟ / އެމްޓީސީސީ

12 ގަޑިއިރުގެ ކުޑަ ވަގުތުކޮޅަކާ އެކު އެމްޓީސީސީއިން ވަޒީފާއަށް އިއުލާންކުރުން ވެސް އިއްތިފާގެއް؟

Apr 4, 2026, 01:19 PM
މާލެ ސިޓީ

އެމްޓީސީސީން އިއްޔެ އެކަނި 46 ވަޒީފާއަށް އިއުލާންކޮށްފައިވާއިރު އެ ވަޒީފާތަކަށް ކުރިމަތިލާން ދީފައިވަނީ 12 ގަޑިއިރަުގެ ވަގުތެއްކަން ހާމަވެއްޖެއެވެ.

Advertisement

ޚިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގެ ވޯޓުލުން މިއަދު ފެށުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، އެމްޓީސީސީން ބައެއް ވަޒީފާތަކަށް އިއުލާންކޮށަް މުހުލަތުދިފައިވަނީ، ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު ހެނދުނު 11:00 އާ ހަމައަށެވެ.

ރޭ 11:45 އާއި ދަންވަރު 12:31އާ ދެމެދު އެމްޓީސީސީއިން ހަ އިއުލާނެއްގެ ދަށުން 49 ވަޒީފާއަކަށް މީހުން ހޯދުމަށް ގެޒެޓުކޮށްފައިވެއެވެ.  ރޭ ދަންވަރު ކުރި އިއުލާންގެ ދަށުން ހޯދަން އިއުލާން ކުރި ތިން ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ މިއަދު މެންދުރު 12 އާ ހަމައަށެވެ.

މިހާ އަވަސް އަރުވާލައިގެން ވަޒީފާތަކަކަށް މީހުން ނަގަން ސަރުކާރުން މި މަސައްކަތްކުރަނީ އެމްޓީސީސީގައި ކޮން މަޝްރޫއެއްގެ މަސައްކަތެއް ކުރަންތީ އާންމު ރައްޔިތުން ސުވާލުތައް މީސް މީޑިޔާގައި އޮއްސަމުން ދެއެވެ.

މިދިޔަ މަހުގެ 1 އިން ފެށިގެން 28ގެ ނިޔަލަށް 1،000އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފަ އެވެ. އަދި މި ހަފްތާ ތެރޭގައި ވެސް ގިނަ ވަޒިފާތަކަކަށް އިއުލާންކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved