March 28, 2026
Advertisement
.
. / ރައީސް އޮފިސް

ޕީއެންސީއަށް ނޫނެކޭ ބުނަންޖެހޭ، އެއީ ރާއީސް ޔާމީންގެ ވެސް އިލްތިމާސް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Mar 28, 2026, 09:39 AM

ޕީއެންސީއަކީ "ގޮތްކުޑަ" ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފާވާ ކަމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަމުން މުޅި ޕީޕީއެމްގެ ޒިންމާ އަބްދުުއްރަހީމް އަބްދުﷲ (އަދުރޭ) އާ ހަވާލުކުރެއްވީ އެމަނިކުފާނު ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ވަމުންދަނިކޮށް ކަމަށެވެ. ނަމަވެސް، ވެރިކަން ލިބުމުގެ ކުރިން ރައީސް ޔާމީނަކީ "ބައްޕައެއް ފަދަ" ބޭފުޅެއް ކަމަށް ބުނި އަދުރޭ، ވެރިކަމުގެ ބާރު ލިބުމާއެކު އެމަނިކުފާނަށް ފުރައްސާރުކޮށް، އިހުތިރާމް ކުޑަކުރަން ފަށާފައިވާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރު ހިންގާ ޕީއެންސީއަށް "ނޫނެކޭ" ބުނަންޖެހެނީ މިހާ ގޮތްކުޑަ ބަޔަކަށް ވީމަ ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުންޑރ  ޖަމީލް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އިސްވެރިން އަމަލުކުރަމުންދާ ގޮތުން އެނގެނީ ބާރު ލިބުމުން ކުރީގެ އިހުލާސްތެރިކަން މުޅިން ކަނޑާލާފައިވާ ކަމެވެ. ރައީސް ޔާމީން ޖަލުގައި އޮންނަވައިގެން ޕާޓީ ސަލާމަތްކުރަން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، ސަރުކާރުގެ ފަރާތުން ފެންނަނީ އެމަނިކުފާނުގެ އަބުރު ކުޑަކުރުމުގެ އަމަލުތައް ކަމަށް ވިދާޅުވެ، މި ސަރުކާރާ ދެކޮޅަށް ތެދުވުމަށް ޑރ ޖަމީލް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved