
"އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީ ދައުރުނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުކުރަން ނިންމުމަކީ އަދުލު އިންސާފުގެ ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޑރ.ޖަމީލް ވިދާޅުވީ، ކޯޓުގެ ހުރުމަތް ނަގާލުމުގެ ގަވާއިދުގެ ދަށުން ކޯޓުން ބޭރުގައި ހިންގާ އަމަލުތަކަށް ދައުވާ އުފުލަންޖެހޭނީ ދައުލަތުން ކަމަށާއި، ނަމަވެސް މިކަމުގައި ކްރިމިނަލް ކޯޓުން އަމިއްލަ ތަރުޖަމާއެއް ނެރުމަކީ ރައްޔިތަކަށް އަދަބު ދޭން ކެތްމަދުވެފައިވާ މަންޒަރު ފެނުން ކަމަށެވެ. އަދި އިންސާފު ގާއިމުކުރުމުގެ އިތުރުން، އިންސާފު ގާއިމުކުރާ އުސޫލުތަކަކީ ވެސް ރައްޔިތުންނަށް އިތުބާރު ހުރި އިންސާފުވެރި ގޮތްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރުމުން ވަނީ ރައީސް އޮފީހުން ބޭރުކޮށްފައެވެ.
އަދި މައްސަލަ ނިމެންދެން އަދަދު ނޫހާއި އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ރައީސް އޮފީހުުގައި އޮންނަ ނ ޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރި ނުކުރެވޭނެ ވާހަކަ މީޑިއާތައް ކޮންޓްރޯލް ކުރަން އުފެއްދި މީޑިއާ އެންޑް ބްެރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ބުނެފައެވެ.










