April 23, 2026
Advertisement
.
. / ރައީސް އޮފީސް

ޑރ ޖަމީލްގެ ވަރުގަދަ ސުވާލެއް: ނުފޫޒު ފޯރުވިކަމަށް އިއުތިރާފުވާއިރު މުއައްސަސާތައް ކޮބާ؟

Yana Shareef
ޔާނާ ޝަރީފް
Apr 22, 2026, 01:43 PM

މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް އަމިއްލައަށް އިއުތިރާފުވާ ވެރިންގެ މައްސަލަ ތަހުގީގުކުރުން އިލެކްޝަންސް ކޮމިޝަނާއި އޭސީސީއަށް ގާނޫނުން ލާޒިމްކުރާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ.ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި، ގައުމުގެ އެންމެ މަތީ ވެރިޔަކު މަގާމުގެ ނުފޫޒާއި ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް އަމިއްލައަށް އިއުތިރާފުވުމަކީ، އެ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލާޒިމްވާ ކަމެއް ކަމަށް ވިދާޅުވެ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

ޑރ ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމުގެ ދައުރުގެ ބޮޑު ބައެއް ހޭދަކުރެއްވުމަށްފަހު، ކުރިން ކަންކަން ކުރެއްވީ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ކަމަށާއި، ވަޒީފާތައް ދިނީ މެރިޓަށް ބެލުމެއް ނެތި ހަމައެކަނި އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ބުނާ ހިސާބުން، އެ މައްސަލަ ބެލުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން މަޖުބޫރުކުރާ ކަމެކެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، ތަކުރާރުކޮށް ދޮގު ހެދުމާއި ވެފައިވާ ވައުދުތަކާ ޚިލާފުވުމަކީ ޑިމޮކްރެޓިކް ނިޒާމުތަކުގައި މާފު ކުރެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. މިފަދަ އަމަލުތަކަކީ "ވިޔާނުދާ" ވެރިންގެ ފަރާތުން ފެންނަ ކަންކަން ކަމުގައި ސިފަކުރައްވައި، އެފަދަ ހާލަތެއްގައި ވެރިން މަގާމުން ދުރުވާން މަޖުބޫރުވާނެ ކަމަށްވެސް އޭނާ ވަނީ ބަޔާންކުރައްވާފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved