April 23, 2026
Advertisement
ސުހެއިލް ވަނީ މަގާމުން އިސްތިއުފާދީފައި
ސުހެއިލް ވަނީ މަގާމުން އިސްތިއުފާދީފައި / ސޯޝަލް މީޑިއާ

އެފްއެސްއެމްގެ އެމްޑީ ސަރުކާރުން އިސްތިއުފާ ދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Nov 27, 2024, 02:36 AM
މާލެ ސިޓީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް އެ މަގާމުން އިސްތިއުފާ ދީފި އެވެ.

Advertisement

މައުލޫމަތު ލިބިފައިވާ ގޮތުގައި ސުހައިލް އިސްތިއުފާދީފައިވަނީ ކުންފުނި ތެރޭގައި ހިންގަމުން ދިޔަ ބޮޑެތި ވައްކަންތައް ހުއްޓުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަށް މަސައްކަތް ފެއްޓެވުމާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މުވައްޒަފުންތަކެއް އެމްޑީގެ އަބުރުފުޅު ކަތިލަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސުހެއިލް އިސްތިއުފާ ދީފައިވާ ކަން އެފްއެސްއެމްގެ އިސް ބޭފުޅަކު ވަނީ ޔަގީން ކޮށްދީފަ އެވެ. އޭނާ އިސްތިއުފާ ދިން ވަކި ސަބަބެއް ސާފެއް ނުވެ އެވެ.

ސުހައިލް އެ މަގާމަށް އައްޔަނުކުރީ 5 ޑިސެމްބަރު 2023 ގައެވެ. ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ސުހައިލް ވަނީ ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމު މީގެކުރިން އަދާކުރައްވާފައެވެ.

އެފްއެސްއެމަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved