
ވ. ފުލިދޫގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް، އެ ކުދިން ސަލާމަތްކުރަން އުޅުނު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ނިޔާވީ ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން، ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




