April 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު މޫސާ ރަމީޒް އަވަހާރަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 5, 2026, 11:22 PM
މާލެ ސިޓީ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ.

Advertisement

މޫސާ ރަމީޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް، ށ. އަތޮޅުގެ އިދާރީ އެކި މަޤާމުތަކުގައި ހުންނަވައިގެން އެ އަތޮޅުގެ ކުރިއެރުމަށް ކުރެއްވި ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެކެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން  ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން އަންނަނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި މޫސާ ރަމީޒް ކޮށްދެއްވި ޚިދުމަތްތައް ހަނދާން އާ ކުރަމުންނެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ ދައުލަތަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި މި ފަރާތްތަކުން ސިފަކުރެއެވެ.

މޫސާ ރަމީޒަކީ ރާއްޖޭގެ ސިޔާސީ އަދި އިދާރީ ދާއިރާގައި ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ، ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved