April 4, 2026
Advertisement
ވޯޓުލުމުގައި ފޮށިތަކުގެ ކުލައަށް ސަމާލުކަން ދެއްވާ!
ވޯޓުލުމުގައި ފޮށިތަކުގެ ކުލައަށް ސަމާލުކަން ދެއްވާ! / ސޯޝަލް މީޑިއާ

ވޯޓުލުމުގައި ފޮށިތަކުގެ ކުލައަށް ސަމާލުކަން ދެއްވާ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 4, 2026, 12:44 PM
މާލެ ސިޓީ

މިއަދަކީ ތިން އިންތިހާބެއްގެ ވޯޓު އެއްކޮށް ލާން ޖެހޭ ދުވަހަކަށްވާއިރު އިންތިހާބުގެ ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ވެއްޓުމުގައި ސަމާލުކަން ދިނުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

Advertisement

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި.  ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަހާ ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލުމަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސްކޮޅު ދޭނެ ކަމަށާއި އެއިން ކޮންމެ ކަރުދާހެއް ވެސް ލާންޖެހޭނީ ވަކި ފޮއްޓަކަށް ކަމަށްވާއިރު ފޮށިތަކަށް ވޯޓުލާއިރު އެއީ ރަގަޅު ފޮށިކަން ކަށަވަރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ދޫކުރާނެ ވޯޓުކަރުދާސް: 

ވޯޓު ފޮށިތައް ވަކިކުރާނެ ގޮތް:

އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ދާއިރާގެ ނަން އޮންނާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ކަރުދާހުގެ ނުފުށުގައި ދާއިރާގެ ކޯޑާއި ދާއިރާގެ ނަމުގެ އިތުރުން އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ނަމުން ކުލަ ބޯޑަރެއް އޮންނާނެއެވެ. ހިޔާލު ހޯދުމުގެ ވޯޓުގެ ނުފުށުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަން ލިޔެފައިވާ ބޯޑަރެއް އޮންނާނެއެވެ.   

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved