
05 އެޕްރިލް 2026ވާ އާދިއްތަ ދުވަހާ 06 އެޕްރިލް 2026ވާ ހޯމަދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ޗީޕުއޮފް ސްޓާފު އަހުމަދު ފަޔާޒު ސޮއިކުރައްވާ ނެރެފައިވާ ދެންެނެވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބާ އަނެހްނުންގެ ތަރައްގީއަށް މަސައކްަތްކުރާ ކޮމިޓީގެ އިންތިހާބާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އިންތިޚާބުގެ އާންމު ވޯޓުލުން 04 އެޕްރިލް 2026 ވީ ހޮނިހިރު ދުވަހު އޮތުމާއެކު އެ އިންތިޚާބުގެ އެކި އެކި ކަންކަމުގައި ސަރުކާރުގެ އެކި މުއައްސަސާތަކާ ސިވިލް ސާވިސްގެ ވެސް ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން ގެންދާތީ 05 އެޕްރިލްވާ އާދިއްތަ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާ ކަމަށެވެ.
ހަމައެއާއެކު އިންތިޚާބު ނިމުމުންވެސް އިންތިޚާބާ ގުޅުން ހުރި މުހިއްމު ކަންކަން ކުރިއަށް ގެންދަން ޖެހޭތީ 06 އެޕްރިލްވާ ހޯމަ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާ ކަމަށާ އެހެން ކަމުން އެ ދެދުވަހަކީވެސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވާ ކަމަށެވެ.

އާންމުކޮށްވެސް އިންތިހާބުތަކާ ގުޅުވާ ޖެހިގެން އަންނަ ދެ ދުވަހު ބަންދުކުރެއެވެ.










