
ރިޔާސީ ދައުރެއްގެ މެދުތެރެއިން މިފަހަކަށް އައިސް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނެފިކަން ވަގުތީ ނަތީޖައިން ދައްކައިފިއެވެ.
މިއަދު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓުވެސް ނަގާފައިވާއިރު، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހެއް ކަމަށްވާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓުދީ ސަރުކާރަށް ރަގަޅު މެސެޖެއް ވަނީ ދީފައެވެ.
އެގޮތުން ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާ ތަނަށް ލިބުނު މައުލޫމާތާ ނަތީޖާއަށް ބަލާއިރު، މިހާތަނަށް 6،033 ވޯޓެެއްގެ ނަތީޖާ ލިބިފައިވެއެވެ. އޭގެ ތެރެއިން 70 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 30.9 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.
މިއީ ރިޔާސީ ދައުރުގެ މިހާތަނަށް އައި އިރު ސަރުކާރާ މެދު ރައްޔިތުން ނުރުހިފައި ތިބި މިންވަރު ދެނެގަނެވޭނެ ވަރުކަމެއްގެ ގޮތުގައި ގިނަ ބަަޔކު ސިފަކުރެއެވެ.
މިއަދު ނެގި ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާޞުތަކުގައިވެސް ހުރިހާ ސިޓީއަކުންނާ އަދި ގިނަ ރަށްތަކުން އިދިކޮޅު ކެންޑިޑޭޓުން ވަނީ ބޮޑު ކާމިޔާބީ ހާސިލްކޮށް ސަރުކާރު ބަލިކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.










