April 5, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ތިން އިންތިޚާބުން ލިބުނު ނާކާމިޔާބީ މުއިއްޒު ގަބޫލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Apr 5, 2026, 12:17 AM

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުން ބޮޑުތަނުން ޕީއެންސީއަށް ނާކާމިޔާބުވުމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ބަލި ގަބޫލުކުރައްވައިފި އެވެ.

Advertisement

ރައީސް މުއިއްޒު އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށާއި އަދި މި އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމާށެވެ.

ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް  ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މުއިއްޒު ވަނީ އަރުވާފައެވެ. 

އިއްޔެ ބޭއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުން ސަރުކާރު ބޮޑު ބައްޔަކުން ބަލިވުމުގެ އިތުރުން، އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ސިޓީތަކުގެ މޭޔަރުންގެ ގޮނޑިވެސް ދިފާއުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
 މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ނެގުމުގެ އިތުރުން، ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތައްވެސް ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved