April 7, 2026
Advertisement
-
- / ދައުރު

ހޫނުގަދަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 12:05 PM
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްތަކަށް ކުޑަ ނޭވާއެއް ލިބި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.

Advertisement

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހުން އެކަށީގެންވެއެވެ. ޚާއްޞަކޮށް މިއަދު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބަލާއިރު، ކެރީގެ އަސަރު ކުރުން އެކަށީގެންވީ ނަމަވެސް، އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ވައިގެ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މި ދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށްވެސް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވެފައިވާތީ، މި ލިބޭ ވިއްސާރައިގެ ސަބަބުން ހޫނުމިނަށް ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved