April 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މާލޭގެ ގެއެއްގެ ކުރިމައްޗަށް އެއްލާލާފައި އޮތް ބިދޭސީއަކު ހަބަރު ހުސްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންގޮސްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 6, 2026, 08:53 PM
މާލެ ސިޓީ

މާލޭގެ ކަޅުހުރާ މަގުގައި ހުންނަ، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގެ ކުރިމައްޗަށް އެއްލާލާފައި އޮތް ބިދޭސީއަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:18 އެހާކަންހާއިރުއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ "ސާޖް" ނަމަކަށް ކިޔާ ގެއަކުން އެ މީހާ ނެރެ މަގުމަތީގެ ޕޭމަންޓް ކައިރީ ބޭއްވުމަށްފަހު، އެކަމުގައި އުޅުނު މީހުން ވަނީ ފިލަން މަސައްކަތް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ބިދޭސީ މީހާ މަގުމައްޗަށް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރި މީހުންގެ ތެރެއިން ދެ މީހަކު އެވަގުތު އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ހިފަހައްޓާފައެވެ. މި ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެމީހާ ވަގުތުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ މީހާގެ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved