April 7, 2026
Advertisement
ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކޮށްފި
ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކޮށްފި / އިމިގްރޭޝަން

ބަލިވެ އެކަނިވެފައި ހުރި މުއިއްޒު ރުޅިގަނޑު ބާލަން ފަށައިފި

Apr 6, 2026, 06:33 PM
މާލެ ސިޓީ

 ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މަގާމުން ވަކިކޮށްފިއެވެ.

Advertisement

މައުލުމާތު ލިބިފައިވާ ގޮތުގައި ޑރ. ސަލްމާ އެ މަގާމުން ވަކިކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސަލްމާ ވަކިކުރި ސަބަބު ދިވެހި ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް ސލްމާ މަގާމުން ވަކިކޮށްފައިވަނީ، ރައީސް މުހައްމަދު މުއިއްޒަށް ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނެކަން ސާފުވާ ކަމަށް ސަލްމާގެ ދައްތާފުޅު، މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކްވެފައި ވަނިކޮށެވެ.

ސަލްމާގެ އިތުރުން އަސްމައްތަގެ ދަރިފުޅު މުހައްމަދު ހުސެއިން ޝަރީފުވެސް ވަނީ އޭނާ ފުރުއްވަމުން ގެންދެވި ސަފީރުކަމުގެ މަގާމުން މިއަދު ވަކިކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފަކީ ވެސް އަސްމާގެ ދަރިކަނބަލެކެވެ. އޭނާ ވެސް މަގާމުން ވަކިކުރާނެ ކަމަށް ބެލެވެއެވެ.

ލީކްވި އޯޑިއޯގައި އަސްމައްތަ ވިދާޅުވެފައި ވަނީ އޭނާ ޕާޓީން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އަމިއްލަ ހަރަދުގައި ދިރިއުޅެވޭނެ ތަނަވަސްކަމެއް އެބަހުރި ކަމަށެވެ. އަދި މަޖިލީހުގެ ގޮނޑި ގެއްލުވާލިޔަސް އެމްޑީޕީގެ ސަޕޯޓަރުންގެ ތާއީދާއެކު އަލުން އެ ގޮނޑި ދިފާއުކުރައްވާނެ ކަމަށް އަސްމައްތަ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްމައްތަގެ އޯޑިއޯއާ ގުޅިގެން ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ.

މި ދެ ބޭފުޅުންގެ އިތުރުން ފެނަކަ އެމްޑީގެ މަގާުގައި ހުރި ނަޖާހުވެސް މިއަދު ވަނީ ވަކިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved