March 28, 2026
Advertisement
ސޯޝަލް މީޑިޔާގައި ސަމާލުކަން ހޯދައިފައިވާ ޕީއެންސީގެ ކުރީގެ އެކްޓިވިސްޓު އީޝާއާ އޭނާގެ ބައްޕަ މި ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި
ސޯޝަލް މީޑިޔާގައި ސަމާލުކަން ހޯދައިފައިވާ ޕީއެންސީގެ ކުރީގެ އެކްޓިވިސްޓު އީޝާއާ އޭނާގެ ބައްޕަ މި ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި / ސޯޝަލް މީޑިއާ

ސޯޝަލް މީޑިޔާގައި ސަމާލުކަން ހޯދައިފައިވާ ޕީއެންސީގެ ކުރީގެ އެކްޓިވިސްޓު އީޝާއާ އޭނާގެ ބައްޕަ މި ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 27, 2026, 07:51 PM
މާލެ ސިޓީ

ސޯޝަލް މީޑިޔާގައި ސަމާލުކަން ހޯދައިފައިވާ ޕީއެންސީގެ ކުރީގެ އެކްޓިވިސްޓު އައިޝަތު އީޝާ އަޝްރަފުއާ އޭނާގެ ބައްޕަ އިބްރާހިމު އަޝްރަފު މި ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިކަން ހާމަކޮށްފިއެވެ.

Advertisement

އީޝާ އޭނާގެ މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ބައްޕަ، އަޝްރަފު ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗުގެ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށާ އޭނާގެ ބައްޕަ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ތެރެއިން ކުރިމަތިވި ނުފޫޒުތަކެއްގެ ސަބަބުން މަގާމުގައި ދެމިހުރުމަށް ހުރަސްތަކެއް ކުރިމަތިވުމުން ކަމަށެވެ.

އެގޮތުން ޕީއެންސީ ސަރުކާރުން އޭނާގެ ބައްޕަގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި، އެ މައްސަލަ ސާބިތުކުރުމަށް ކޯޓަށް ހުށަހެޅިކަން ހާމަކޮށް އީޝާ ބުނެފައިވަނީ، ނަމަވެސް، ކޯޓު މަރުހަލާގެ ތެރެއިން ބައްޕައަށް އިންސާފު ލިބިފައިވާ ކަމަށެވެ. 

މިކަންކަން މިހެން ހިނގާފައިވުމާ ގުޅިގެން،އީޝާ އާއި އޭނާގެ ބައްޕަ މި ސަރުކާރަށް ކުރަމުން އައި ތާއީދު މިހާރު އަނބުރާ ގެންގޮސްފައިވާކަންވެސް އޭނާ ވަނީ އިއުލާންކޮށްފައެވެ.

އީޝާގެ އިތުރުން އޭނާގެ ބައްޕަ އަޝްރަފު ވެސް ވަނީ މަގާމުން އިސްތިއުފާ ދިން ކަށަވަރުކޮށްދީ މީސްމީޑިޔާގައި އެކަން ހާމަކޮށްފައެވެ.

އީޝާ އަކީ މީގެ ކުރިން މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ، ސަރުކާރު ދިފާއުކުރުމުގައި އިސްކޮށް އުޅުނު ފަރާތެއްކަމުގައިވީ ނަމަވެސް އީޝާ މަގާމުން ވަކިކޮށް އޭނާގެ ބައްޕަގެ މައްޗަށް ވަކި ކުށެއް ސާބިތުކުރުމަށް ސަރުކާރު ތެރެއިން ރާވައިގެން ކަންކަން ކުރިއަށް ގެންދިޔައީ ޒާތީ ކަމެއްގެ ތެރެއިން ކަމަށް ވެސް އީޝާ ކުރިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved