
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ބޮޑުތަނުން ނާކާމިޔާބުވުމުން ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
އިންތިހާބާ ދިމާކޮށް ޕީއެންސީގެ ސަރުކާރުގެ ވެރިން ދިޔައީ މޮޅު ވާހަކަތައް ދއްކާ ބައިސާ ކަނޑަމުންނެވެ. ނަމަވެސް އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާތައް ލިބެން ފެށުމުން ފެންނަން ފެށި ސަރުކާރު ކެންޑިޑޭޓުންނަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ މަންޒަރެވެ.
އެކަމަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުސްގޮނޑީގެ އަސަރު އުޅެނީ ކިހިނެއް ތޯ ކަމާ މެދު ސުވާލުކުރައްވާ، ރައީސް މުހައްމަދު މުއިއްޒަކީ "ކަނޑުކޮހެއް"ކަން ހުދު ޕީއެންސީ މެމްބަރުންވެސް ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި އިންތިހާބުތަކުގެ ނަތީޖާއަކީ ރައީސް މުއިއްޒަށާ އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ވެސް ރައްޔިތުން ނޫނެކޭ ބުނެ ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.










