
ރައްޔިތުންގެ މަޖިލީހުގެ ބައެް ޕީއެންސީ މެމްބަރުންނާ މެދު ތަހުގީގުތަކެއް ހިންގަ އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެމްބަރަކު ވަނީ ނިމި ދިޔަ ރެފަރަންޑަމް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު އެކަމުގެ ރުޅިގަނޑު ރައީސް މުހައްމަދު މުއިއްޒު މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ރައްދު ކުރައްވަމުން ގެންދަވާ ކަމަށާ އަދި އެމަނިކުފާނު ވަނީ ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުން ސަރުކާރާ ދެކޮޅަށް އެ އިންތިހާބުގައި މަސައްކަތްކުރެއްވި ކަމަށް ތުހުމަތުވެސް ކުރައްވާފައިވާ ކަމަށް އެ މެމްބަރު ވަނީ ކިޔައިދީފައެވެ.
އެގޮތުން ދައުރުގެ މެދު ތެރެއިން ނެގި ރައްޔިތުންގެ ފެންނަ ނުފެން ވޯޓުގައި ރައްޔިތުން ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމަކީ ލަދުވެތިކަމެއް ކަން ގިނަ ބަޔަކު ފާހަގަކުރަމުންދާތީ ރައީސް މުއިއްޒު ވަނީ ނުހަނު ހިތްޕުޅާނުވެފައި ކަމަށާ މެމްބަރުން އެ ވޯޓުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެކަން ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް އަންގަވާފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިފަދަ މައުލޫމާތެއް ޗެނަލް13އަށް ލިބިފައިވާއިރު، ސަރުކާރު ތަމްސީލު ކުރާ މެމްބަރެއްގެ މެސެޖެއް ކަމަށްވުނެ ހަސަން ކުރުސީ ވަނީ އެކްސްގައިވެސް ހެއްކާ އެކު ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ސަރުކާރު ތަމްސީލު ކުރާ މެމްބަރަކު ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކޮށް ރިފަރަންޑަމްވެސް ނުނަގަން ލަފާ ދިނުމުން އެކަން ބޮލާލާ ޖަހާ އިހުލާސްތެރިން ބޮލުގައި ރައީސް މުއިއްޒު ކޮޅުފައިން ޖެހި ޖެހުމުގެ ނަތީޖާ ފެނިފައިވާނެ ކަމަށް ބުނެފައެވެ.










