April 8, 2026
Advertisement
.
.

ރައީސް މުއިއްޒު އުނބަށް ޖަހައި ސަލްމާގެ ވަޒީފާ އިއާދަކޮށްފި

Yana Shareef
ޔާނާ ޝަރީފް
Apr 8, 2026, 04:39 PM

ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން އެކަމަނާގެ މަގާމު އިޔާދަކޮށްދެއްވައިފިއެވެ. ޑރ. ސަލްމާއަކީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދައްތަ އެވެ. މި ބަދަލު ގެންނެވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ނިންމުމެކެވެ.

Advertisement

މި މައްސަލަ ފެށުނީ ރައީސް މުއިއްޒާ ދެކޮޅަށް އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އާއިލީ ބޭފުޅުންނަށް ފިޔަވަޅު އަޅަން ފެށުމުންނެވެ. އެގޮތުން، ޑރ. ސަލްމާގެ އިތުރުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކުރެއްވިއެވެ. ނަމަވެސް، ސަލްމާގެ މަގާމު އިއްޔެ އިޔާދަކުރި އިރު، މުންދުގެ މަގާމު އަދި އިޔާދަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކުރި ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެހެންނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އެހެންކަމުން، މި ވަގުތު އާއިލާގެ ތެރެއިން މަގާމު އަލުން ލިބިވަޑައިގެންފައިވަނީ ހަމައެކަނި ޑރ. ސަލްމާއަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved