April 10, 2026
Advertisement
ތޮއްޖެހިފައިވާ ދިރިއުޅުމަކަށް އަހަރުމެން ފަރިތައެއް ނޫން، ރަށުން ފައިބަންޖެހުނު މީހުން އަނބުރާ އެ ރަށްތަކަށް އަލުން ގެންނަންޖެހޭ: އަލީ ހުސެއިން
ތޮއްޖެހިފައިވާ ދިރިއުޅުމަކަށް އަހަރުމެން ފަރިތައެއް ނޫން، ރަށުން ފައިބަންޖެހުނު މީހުން އަނބުރާ އެ ރަށްތަކަށް އަލުން ގެންނަންޖެހޭ: އަލީ ހުސެއިން / ތޭރަ އޮންލައިން

ތޮއްޖެހިފައިވާ ދިރިއުޅުމަކަށް އަހަރުމެން ފަރިތައެއް ނޫން، ރަށުން ފައިބަންޖެހުނު މީހުން އަނބުރާ އެ ރަށްތަކަށް އަލުން ގެންނަންޖެހޭ: އަލީ ހުސެއިން

Apr 9, 2026, 06:05 PM
މާލެ ސިޓީ

ދިވެހިންނަކީ ތޮއްޖެހިފައިވާ ދިރިއުޅުމަކަށް ފަރިތަ ބައެއް ނޫން ކަމަށާ ރަށުން ފައިބަން ޖެހުނު މީހުން އަނބުރާ އެ ރަށްތަކަށް އަލުން ގެންނަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

ގާނޫނި ވަކީލު އަލީ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަލަށް ހޮވުނު މޭޔަރުންނާއި ކައުންސިލަރުންގެ ވިސްނުމަކަށް ވާންވާނީ އެ ރަށުން ފައިބައިގެން ދާން މަޖުބޫރުވި މީހުން އަލުން އަނބުރާ ރަށަށް އާދެވޭނެގޮތް ހަދައިދިނުން ކަމަށް އަލީގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ހަމައެހެންމެ  ރަށްތަކާއި ސިޓީތައް ބަދަލުކޮށް މީހުން ދިރިއުޅޭ އާބާދުވާން ފަސޭހަ ވިލުންވެރި ރަށްތަކަކަށް ހަދާދެވޭނެ ގޮތަކާއި މެދު ވެސް އާ ކައުންސިލަރުން އަދި އާ މޭޔަރުންވެސް ވިސްނަން ޖެހޭކަން ވެސް އަލީ ފާހަގަކުރައްވާފައިވެއެވެ.

މިއާ އެކު އަލީގެ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެތައްބަޔަކު އަދިވެސް ތިބީ އަލުން އަނބުރާ އެމީހުންގެ އަސްލު ރަށަށް ދިރިއުޅެން ދިއުމުގެ އުއްމީދުގައި ކަމަށެވެ. އަދި އަތޮޅު ތެރޭ އަމިއްލަ ރަށުގައި ތިބެ ރައްޔިތުން އަމިއްލަ މަސައްކަތް ކޮށްގެން ސަރުކާރަށް ބަރޯސާނުވެ އާމްދަނީ ހޯދޭނޭ އީޖާދީ ވިސްނުން ހޯދަން ޖެހޭ ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.

އަލީ ފާހަގަކުރައްވާފައިވާ ގޮތުގައި، ތޮއްޖެހިފައިވާ ދިރިއުޅުމަކީ ދިވެހިވަންތަ ގޮތެއް ނޫނެވެ.

އަލީ މިފަދައިން ވިދާޅުވެފައިވަނީ، ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved