

ޤަވާއިދެއް ހަދައިގެން މީހެއްގެ އަތުގައި އޮންނަ މުދަލެން ވަކި ގޮތަކަށް ވިއްކަން މަޖުބޫރު ނުކުރެވޭނެ ކަމުގައި ކުރީގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލް އުސްތާޒް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޗެނަލް13 ގައި ކުރިޔަށް ގެންދިޔަ ނިޔުސްޓޯކް ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ، ވިޔަފާރި ވެރިން ވަކިވަރަކަށް ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށާއި އަދި އެކާއި ގުޅޭ ޤަވާއިދެއްވެސް ރައީސް މުއިއްޒު އެކުލަވާލައިފައި ވާކަމަށެވެ.
އެބޭފުޅާ ވިދާޅުވީ ޤަވާއިދަކުން އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. ޤަވާއިދެއް ހަދައިގެން މީހެއްގެ މުދަލެއް ވިއްކަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
އެ ބޭފުޅާ ވިދާޅުވީ ވިޔަފާރި ކުރާ ކޮންމެ ތަނަކީ ފައިނެންސް އިންސްޓިޓިއުޝަން ތަކުގައި ހިމެނޭނެ ތަން ތަނެއް ނޫން ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނެއެވެ.
ރައީސް މުއިއްޒު މިފަދައިން ޤަވާއިދު އެކުލަވާލީ އެމްއެމްއޭ ޤަވަރުނަރު ބައިވެރި ވަޑައިގެން ނެވި ޖަލްސާއެއްްގަ އެވެ.
ރައީސް މުއިއްޒު މިނިވަން ކަމަށް ޤާނޫނުގަ ލިޔެފަ އޮންނަ އެންމެމްއޭ ޤަވަރުނަރު ވެސް ގެންނަވާފަ އިންނަ ޖަލްސާގަ މި ވިދާޅުވަނީ ވިޔަފާރިވެރިން މިވެނި ވަރަކަށް ޑޮލަރު މާރުކުރަން ޖެހޭނޭ އިނގޭތޯ! ހަމަޖެހޭނީ މާރުކުރާށޭ އިނގޭތޯ! ކިޔާފަ ޤަވައިދެއް ހެދީ، ޤަވައިދެއް ހެދީމަ ދެން އަޅުގަނަޑުމެން، އަޅުގަނޑުމެން ކަމަލަމީހުން އަދި އެހެނިހެން މީހުން މި ބުނިވާހަކައަކީ ޤަވައިދަކުންނެއް އެކަމެއް ނުކުރެވޭނޭ އިނގޭތޯ، މިހާރު ޤަވައިދެއް ހަދާފަ މީހެއްގެ އަތުގަ އޮންނަ މުދަލެއް ވަކި މީހަކަށް ވަކިއަގުގަ ވިއްކާކަށް މަޖުބޫރެއް ނުކުރުވޭނެ !
އަލީ ވިދާޅުވީ 100 ޑޮލަރު އޮންނަމީހަކު އޭގެތެރެއިން 25 ޑޮލަރު ސަރުކާރަށް، ސަރުކާރުން ބުނާ އަގެއްގައި ވިއްކަން މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ. އެކަމަކަށް ޤަވާއިދެއްވެސް ހެދިގެން ނުވާނެ ކަމަށާއި އެއީ އެބައެއްގެ ޓްރޭޑް ކުރުމުގެ މިނިވަން ކަން ފޭރިގަތުން ކަމުގައި އެބޭފުޅާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މި އެކުލަވާލި ޤަވާއިދުން، ރައްޔިތުންނަށް މުދާހޯދުމާއި ލިބިގަތުމުގެ މިނިވަން ކަމާއި ހައްޤު ސަރުކާރުން ފޭރި ގަނެވޭނެވޭ ފަދަ ޤަވާއިދެއް ކަމުގައެވެ.