theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގާނޫނީ ވަކީލު އަލީ ހުސެއިން / ސޯޝަލް މީޑިއާ
ސިޔާސީ
މިހިސާބަށް ދާން ޖެހުނީ ރައީސް މުއިއްޒަށް ވެރިކަންކުރަން ނޭގުނީމަ: އުސްތާޒް އަލީ ހުސައިން
Sudha Latheef
ސުދާ ލަތީފް
27 ޖުލައި 2025
މާލެ ސިޓީ

މިއަދުގެ ހާލަތު އޮތް ހިސާބަށް ދާން ޖެހުނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ވެރިކަން ކުރަން ނޭގުމުން ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޒް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޗެނަލް13 އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ރައީސް މުއިއްޒު އެޅުއްވި ފުރަތަމަ ފިޔަވަޅުވެސް އެޅުއްވީ ކަތިކޮށް ކަމަށެވެ.

އެގޮތުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް 24 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބޭއްވި ޖަލްސާއަކީ އެގޮތަކަށްވެސް ބާއްވަން ޖެހޭ ޖަލްސާއެއް ނޫން ކަމަށާއި ޤައުމު އޮތީ އެއަށްވުރެ މާ ނާޒުކު ދަނޑިވަޅެއްގައި ދަތި ހާލެއްގައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެެ.

ދަރަނި ނުދެއްކިދާނެކަމުގެ ބިރު އިންތިހާއަށް އޮތް ހާލަތެއްގައި 24 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭ. އެ 24 މިލިއަން ރުފިޔާ ގައިމު ސަލާމަތްކުރެވުނު ނަމަވެސް ލޯނުން ބޮޑު އެއްޗެއް ދެއްކުނީސް. ހަމައެއާއެކު ބޭކާރު ޑްރޯންތަކެއް 500 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގަންނަންޖެހޭ ވަރު އެއްޗެއް ނޫން އެއީކީ ހަގީގަތުގައި. މިގޮތަށް އަޅުގަނޑުމެން ކިޔާ ކަމަށްވަންޏާ އެތަކެއް ގިނަ ކަންތައްތައް އެބަހުރި. ދަންނަވަން މިއުޅޭ ވާހަކައަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ލޯނުން ސަލާމަތްވުމަށްޓަކައި، ލޯނު ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް މި ސަރުކާރަށް ކުރެވިފައި ނެތީމަ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ހަގީގަތުގައި މިފެންނަނީ. އަޅުގަނޑެއްވެސް ނުދަންނަވާނަން ރައީސް މުއިއްޒު ހުންނަވާނީ ހިތްހަމަޖެހިގެންނޭ.

- އަލްއުސްތާޒް އަލީ ހުސައިން ވިދާޅު

އަލީ ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ހުރިހާ މައްސަލައެއް ހައްލު ކުރެވޭނެއޭ ބުނެ ކިޔައިގެން ރައްޔިތުން ކައިރީ އާދޭސްކޮށްގެން މަގާމައި ހަވާލުވި ކަމަށެވެ. މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ރައީސް މުއިއްޒުއަށް މިއަދަކު އިތުރަށް ރައްޔިތުން "ބްލޭމް" ކުރެވޭކަށްވެސް ނެތް ކަމަށެވެ.

ރައީސް އެދުނު ގޮތަށް ރައްޔިތުން ވެރިކަން ދީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިން ކަމަށްވެސް އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

2023 އައި އިރުގައި އޮތް ބިރުވެރިކަމާއި އެއަށް ވުރެ ބިރުވެރި ހާލަތަކަށް ޤައުމުގެ ހާލަތު ދާން މިޖެހުނީ ނުވަތަ މަޖުބޫރީ ހާލަތެއްގައި އަބަދުވެސް "ނާށިގަނޑު ހިފައިން ސަލާން ޖަހާ" ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމި ތިބެން މި ޖެހެނީ ރައީސް މުއިއްޒަށް މި ޤައުމު ހިންގަން ނޭނގޭތީކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved