theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަލީ ހުސެއިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ހަބަރު
އެމްޑީޕީއަށް ޒިންމާދާރު އިދިކޮޅެއްގެ ރޯލު އަދާނުކުރެވޭ: އަލީ
Mariyam Isaadha
މަރިޔަމް އިސާދާ
04 ޖުލައި 2025
މާލެ ސިޓީ

އެމްޑީޕީއަށް ޒިންމާދާރު އިދިކޮޅެއްގެ ރޯލު އަދާނުކުރެވޭ ކަމަށް ކެންދޫ ދާއިރާގެ ކުރީ މެމްބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި އަލީ ވަނީ އުތުރު ތިލަ ފަޅު ޖަމްއިއްޔާ އުފެއްދި މަގްސަދާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އަލީ ވިދާޅުވީ މިއަދު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ވަރުގަދަ އިދިކޮޅެއް ނެތް ކަމަށާ އެހެންކަމުން ސަރުކާރު ޒިންމާދާރު ނުކުރެވޭނެ ކަމަށް ފެންނާތީ އުތުރުތިލަފަޅު ޖަމްއިއްޔާ ފަދަ ޖަމްއިއްާޔާއެއް އޮތުން މުހިއްމު ކަމަށެވެ.

އަލީ ވިދާޅުވީ، ރައްޔިތުންގެ ހައްގަކަށް ނާރާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް އައި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަކަށް އިންތިހާއަށް އަރައިގަންނަމުން ކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމުން ދޫކުރި ބިންތަކާ ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފްލެޓުތަކުގެ އިތުރުން އުތުރުތިލަފަޅުން ދޫކުރަން ކުރީ ސަރުކާރުން ނިންމާފައިވާ ގޯތިތައް ރައްޔިތުންނަށް ދޫނުކޮށް މި ސަރުކާރުން ގެންދަނީ ރައްޔިތުންނާ މެދު އިހުމާލުވަމުން ކަމަށް އަލީ ވިދާޅުވިއެވެ.

ހަމައެހެންމެ ސަރުކާރުން އުތުރު ތިލަފަޅުގައި އެކިއެކި މަޝްރޫއުތައް ހިންގަން އުޅޭކަމާއި ގުޅިގެން އަލީ ނުރުހުން ފާޅުކޮށްފައި ވެއެވެ.

އަލީ ވިދާޅުވީ، އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާގޮތަށް ކުރީގެ ސަރުކާރުން އެކުލަވައި ގެޒެޓުކޮށްފައިވާ ގޮތުގެ މަތިން އެ ފޯމުތައް ވީހާވެސް އަވަހަކަށް އިވެލުވޭޓް ކުރުމަށެވެ.

މީގެއިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިހެން ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތިތަކާއި ފުލެޓުތައް ކަމަށާއި ވީއިރު އެ ފުލެޓުތަކާއި ގޯތިތައް ރައްޔިތުންނަށް ދީ ނިންމުމަށް އަލީ ގޮވާލައިފައިވެއެވެ.

އެމްޑީޕީ ސަރުކާރުން އެ ސްކީމް ހުޅުވާލީ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ ރައްޔިތުންނަށް ކުރިމަތިލެވޭ ގޮތަށެވެ.

އެ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދުމަށް 40،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެއީ ބިން ހޯދަން ހުށަހެޅި 19،347 ފޯމާއި ފްލެޓު ހޯދުމަށް އެދި ހުށަހެޅި 21،247 ފޯމެވެ.

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ސަރަހައްދެއް ގާއިމު ކުރުމަށާއި މީގެއިތުރުން މަރުކަޒީ ޖަލެެއް ގާއިމް ކުރުމާއި، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ޒުވާނުން ރިހެބިލިޓޭޓުކުރުމަށް ސަރުކާރުން ތަރައްގީ ކުރަން ރާވާފައިވާ "ހޯޕް އައިލެންޑް" އެ ތަނުގައި އެޅުމަށް ނިންމައިފައި ވާކަން ފާހަގަކޮށްލެވެއެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވެފައިވަނީ އެ ސަރަހައްދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށެވެ. ވީއިރު ގޯއްޗާއި ފްލެޓު ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް އުތުރު ތިލަފަޅުގައި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައިވެސް އަލީ ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved