

ރައްޔިތަކަށް ލިބެން އޮތް އެއްވެސް މަންފާއަކަށް ހުރަސް އަޅާނެ މީހަކު ކަމުގައި ނުވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާކަމަށް ކުރީގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލް އުސްތާޒް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އުތުރު ތިލަފަޅާއި ގުލޭގޮތުން ޗެނަލް 13ގެ ނިއުސްޓޯކް ޕުރޮގުރާމުގައި ދެއްކެވި ވާހަކައި ގައެވެ.
އަލީ ވިދާޅުވީ، އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، މާލޭގެ ތޮއްޖެހުމާއި، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެދަތި ކަމަށް ހައްލެއްހޯދުމުގެ ގޮތުން އޭރުގެ ސަރުކާރުން ކުރިޔަށް ގެން ދިޔަ މަޝްރުއު އެއް ކަމަށެވެ.
ރައީށް މުއިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ބޯހިޔާވަހިކަން ހައްލުކުރުމަށް ކަނޑައަޅާފައި މިވާ މަޝްރޫއު، މުޅިން ބަދަލުވެ އެ ބިމުގަިއ ދަނޑު ވެރިކަން ކުރުމަށް ނިންމިކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
2024 ވަނަ އަހަރު މިއިއުލާނު ކުރަނީ އުތުރު ތިލަފަޅުގައި ގޯއްޗެއް ނޫނޭ، ގޯތި ދިނުމެއް ނޫނޭ، އުތުރު ތިލަފަޅު ހިއްކާފަ ހިންގާނީ އިގްތިސޯދީ ދަނޑުވެރި ކަމުގެ އިގްތިސޯދީ މެގަ ޕްރެޖެކްޓެކޭ، އެތާ ހިންގާނީ އިނގޭތޯ، އެކަން ކުރުމަށް ޓަކައި ކުންފުންޏެއް ވެސް ހެދި ފްރީޒޯން ނަމަކަށް ކިޔާ ކުންފުންޏެއް، ސަރުކާރުގެ ކުންފުންޏަކާއި އަދި ބޭރުގެ ޗައިނާ ކުންފުންޏަކާއި ބައިވެރިވެގެން އެތަނުގައި ދިވެހި ރާއްޖެއަށް ބޭނުންވާ ފުޑް ޕްރޮޑަކްޝަން ނުވަތަ ކާނާގެ ބާވަތްތައް އުފެއްދުމަކީ އެންމެ މުހިންމުކަމެއް ގެގޮތުގަ ކުރާނީ
އަލީ ވިދާޅުވީ މި ޕްރޮޖެކްޓާއި ގުޅިގެން އިގްތިސާދީ މިނިސްޓަރު ވިދާޅުވެފައި ވަނީ މިކަމުގެ ސަބަބުން އިންޕޯޓުކުރެވޭ ކާނާގެ ބާވަތްތައް މަދުވާނެ ކަމަށާއި ފުޑް ސެކިއުރިޓީ ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން އެ ބިމުގައި ގްރީން ހައުސް މެދުވެރި ކޮށް ކާނާ އުފެއްދުމާއި، ފަލަމަޑީގެ އިތުރުން އެއްގަމުމަހުގެ ފާރމެއްވެސް އެކުލަވާލާނެ ކަމަށް ބުނެފައިވެއެވެ.
2024 ނިމެން ކައިރިވެފައި ވަނިކޮށް އުތުރު ތިލަފަޅުގެ މި މެގަ ޕްރެޖެކްޓްގެ މިސްރާބު ކޮށި ދިއްގަރަށް ބަދަލު ވި ކަމުގައިވެސް އަލީ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ މިގޮތަށް އުތުރު ތިލަފަޅުގެ ޕްރޮޖެކްޓުތައް ބަދަލުވަމުން ގޮސް އެންމެފަހުން 2025ގެ ކުރީ ކޮޅު އެތަނުގައި ސެންޓްރަލް ޖަލެއް އެޅުމަށް ހައުސިން މިނިސްޓަރގެ ވާހަކައިގައި ފާހަގަ ކުރެއްވި ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަޥާލުވުމަށް ކުރެއްވި ވައުދު ތަކުގައި ރައްޔިތުންގެ ހައްޤަކަށް އަރައި ނުގަންނާނެ ކަމަށް ވިދާޅުވި ކަމަށާއި ރައްޔިތުންނަށް ލިބެން އޮތް މަންފާއެއް އަތު ނުލާނެ ކަމަށް ވައުދުވެލެއްވި ނަމަވެސް އެމަނިކުފާނުގެ އަމަލުތައް ހުރީ މިވާހަކަތަކާއި އިދިކޮޅަށް ކަން އަލީ ވިދާޅުވިއެވެ.