April 12, 2026
Advertisement
.
.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފި

Apr 12, 2026, 01:51 PM

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އިސްތުފާ ދެއްވައިފިއެވެ.

Advertisement

ވީ ނިއުސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އިތިއުފާދެއްވުމުގެ ކުރިން މިފްކޯގެ އެކްސްކޯ އާއި ބައްދަލު ކުރައްވާފައެވެ.

މިއަދު 10:30ގައި މިފްކޯގެ އެކްސްކޯ އާއި ބައްދަލު ކުރައްވައި ފަރްހަތު ވިދާޅުވީ، ކުރު މުއްދަތުގެ ތެރޭގައި މިފްކޯގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ތަކަށް އިހުތިރާމާ އެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އެއްވެސް މުވައްޒަފަކާމެދު އިހާނެތިކޮށް ކަމެއް ކުރެވިފައިވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު އިސްތިއުފާ ދެއްވިއިރު، މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ތެޔޮ މަސްދަޅުގެ އަގުބޮޑުކޮށް އަލުން އަގުހެޔޮ ކޮށްފައި ވެސް ވެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ އެއީ ސަރުކާރަށް ނޭނގި ހިނގި ކަމެއް ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމާއި ފަރުހަތު ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ފަރުހަތު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved