April 11, 2026
Advertisement
.
. / ތޭރަ އޮންލައިން

ޝަރީފް އެމް.އޭ.ސީ.އެލް އަށް ފައިސާ ދައްކަންޖެހޭ: ކުންފުނި ހިންގަނީ ކޮރަޕްޝަނުގެ ތެރެއިން - މަލީހް

Yana Shareef
ޔާނާ ޝަރީފް
Apr 11, 2026, 01:38 PM

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އަށް އެއްވެސް އުސޫލެއް ނެތި 80 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފައިވަނީ ކުންފުނީގެ ވަސީލަތްތަކަށް ނުބަލައި، ސިޔާސީ ނުފޫޒުން ހިންގާފައިވާ ބޮޑު ޚިޔާނާތެއްގެ ތެރެއިން ކަމަށް ވިދާޅުވެ ޕީ.އެން.އެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާ މިއަދު ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، އެމް.އޭ.ސީ.އެލް ފަދަ ދައުލަތުގެ ބޮޑު ކުންފުންޏަކަށް ގޮނޑިއެއް ނުވަތަ މޭޒެއް ފަދަ އަސާސީ ވަސީލަތެއްވެސް ނެތް ހާލަތެއްގައި 85 މުވައްޒަފުން ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ސަރުކާރުގެ ކުންފުނިތަކާއި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ހިންގަންޖެހޭ ޒިންމާދާރު އުސޫލެއް ނޫންކަން ފާހަގަކުރައްވައި، މަލީހް ވަނީ މިއީ ރޯމާދުވާލު ދައުލަތުގެ މުދަލާއި ފައިސާ ނޮޅާލުން ކަމަށް ސިފަކުރައްވާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު (ޝަރީފް) އެމް.އޭ.ސީ.އެލް އަށް ފައިސާ ދައްކަންޖެހޭނެ ކަމަށްވެސް މަލީހް ވިދާޅުވިއެވެ. ކުންފުނި ހިންގުމުގައި ހާމަކަން ބޮޑު ކޮރަޕްޝަން އެކުލެވޭ ކަމަށާއި، މި ހުރިހާ އަމަލުތަކަކީ ހުރިހާ ގޮތަކުން ބެލިޔަސް ޚިޔާނާތުގެ އަމަލުތަކެއްގެ ގޮތުގައި މަލީހް ވަނީ ތުހުމަތު ކުރައްވާފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ކުންފުނިތަކުގެ އަގުވެއްޓި، ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved