June 6, 2026
Advertisement
.
. / ރައީސް އޮފިސް

ސަރުކާރު ވެއްޓެނީ، ދައުލަތުގެ ތިޖޫރީ ރައްކާތެރިކުރަންޖެހޭ: މަލީހް

Yana Shareef
ޔާނާ ޝަރީފް
Apr 12, 2026, 04:04 PM

ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންތަކެއް މަގާމުން އިސްތިއުފާ ދެއްވަމުންދާ މިދަނޑިވަޅުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެއްޓެމުންދާ ކަމަށް ވިދާޅުވެ، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.

Advertisement

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ ދައުލަތުގެ ތިޖޫރީއާއި ބޭންކް އޮފް މޯލްޑިވްސްގައި ހުރި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގައި ހުރި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ފުރުސަތު ނުދިނުމަށް ބާރުއަޅުއްވަމުން، ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވާނެ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

މިއީ ގައުމީ ސަލާމަތަށްޓަކައި ރައްޔިތުން ހޭލާ ތިބެންޖެހޭ ފަދަ ނާޒުކު ދަނޑިވަޅެއްގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved