
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކާ ގާތްވަމުންދާ ކަމަށާއި، ކުރި ކަންކަމަށް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް މިއަދު ގޮވާލައްވައިފިއެވެ.
މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މަޖިލިސް މެންބަރުންނަކީ އަމިއްލަ ދާއިރާތަކުގެ ތާއީދު ނެތް އަދި ސިޔާސީ ގޮތުން އިތުބާރު ގެއްލިފައިވާ ބޭފުޅުންކަން މިހާރު ސާފުވެފައިވާ ކަމަށެވެ.
އެހެންކަމުން، ވެރިކަމުގެ ބާކީ އޮތް މަދު ދުވަސްކޮޅުގައިވެސް އާންމު ރައްޔިތުންނާ އެކު "ބިމުގައި" ތިއްބެވުމަށް މަލީހް ވަނީ މެންބަރުންނަށް ނަސޭހަތްތެރިވެފައެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމުގެ ހަރަކާތްތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި، މަލީހްގެ މި ވާހަކަތަކުން ދޭހަވަނީ ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމެވެ.










