April 30, 2026
Advertisement
.
. / ރައީސް އޮފިސް

ދައުލަތް ހުސްކޮށްލައިފި، މުޅި ސަރުކާރު އޮތީ ކޮރަޕްޝަންގައި: މަލީހް

Apr 30, 2026, 11:59 AM

ކަރަންޓު ބިލުތަކަށް އިތުރު ޑިސްކައުންޓެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވީ، ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިތުރު ޑިސްކައުންޓެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވުމާ ގުޅިގެންނެވެ. މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެކަން މިހާރު ރަސްމީކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްކުރައްވާ މަލީހް ވިދާޅުވީ "ކޭކޭ" ދައުލަތް ހުސްކޮށްލާފައިވާ ކަމަށާއި، މުޅި ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަން ކަމަށެވެ. ކަރަންޓު ބިލްތައް ބޮޑުވެގެން އާންމު ރައްޔިތުން ޝަކުވާ ކުރަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުން އެކަމަށް ލުޔެއް ދިނުމުގެ ބަދަލުގައި ދެއްކި އުޒުރުތަކަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އިހާނެތްތެރިކަމެއްގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved