
ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އަށަގަނެ، ދައުލަތުގެ މާލިއްޔަތުން ވައްކަންކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރުގަދަ ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ސަރުކާރުން ހިންގާ ނުފޫޒުގަދަ "ވައްގު ޑީލްތަކުގެ" ސަބަބުން ދައުލަތުގެ ކަންކަން ފާލުން ނެއްޓި، މުޅި ގައުމު ބަނގުރޫޓުވުމުގެ މަގުމަތީގައި އޮތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ރޭދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، މިއީ ރައްޔިތުންނަށް ކުރިމަތިވަމުންދާ އިންތިހާ ދަރަޖައިގެ ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މަލީހްގެ މި ޕޯސްޓުގައި ވަނީ ގައުމުގެ އިގްތިސާދީ ސަލާމަތްތެރިކަން ގެއްލި، ކޮރަޕްޝަންގެ ވަބާގައި މުޅި ދައުލަތް ފިތެމުންދާ ކަމުގެ ބިރުވެރި އިންޒާރެއްވެސް ދެއްވާފައެވެ.
ދައުލަތުގެ ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން ނަގައި ރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން އަންނާތީ މަލީހްގެ އިތުރުން ވެސް ގިނަ. ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.










