April 19, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެއްބައިވަންތަ ސަރުކާރަކާއެކު އިންސާފުވެރި އިންތިޚާބަކަށް ދާންޖެހޭ ވަގުތު ޖެހިއްޖެ

Yana Shareef
ޔާނާ ޝަރީފް
Apr 19, 2026, 03:55 PM

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ "ޙާލަތުލް ޟަރޫރާ" ގެ ދަށުން އިންތިޚާބު ކުރަންޖެހުނު "ބައިކުޅަބައި" ރައީސެއް ކަމަށް ސިފަކުރައްވައި، އެމަނިކުފާނު ރައްޔިތުންގެ އަމާނާތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ރައްޔިތުންގެ ފުޅާ އެދުމަކީ މުޢިއްޒު ރައީސަކަށް ހޮވުން ނޫން ކަމަށާއި، އެމަނިކުފާނާ އަމާނާތެއް ހަވާލުކުރީ މަޖުބޫރީ ޙާލަތެއްގެ ދަށުން ކަމަށެވެ.

ނަމަވެސް އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންގެ އިތުބާރާއި އަމާނާތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މިހާރު މިއީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލައި، އިންސާފުވެރި އިންތިޚާބެއް ބާއްވަންވީ ވަގުތު ކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރުގެ ސައްލަހިއްޔަތާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved