
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު އިސްތިއުފާ ދީފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިކަން މީޑިޔާއަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް އަލީ އާރިފު އިސްތިއުފާ ދިން ސަބަބެއް ހާމަކޮށްފައިނުވެއެވެ.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގަ ރައީސުލްޖުްމހޫރިއްޔާ އަލީ އާރިފު އައްޔަންކުރެއްވީ 17 ނޮވެމްބަރު 2023ގައެވެ.
އަލީ އާރިފު އިސްތިއުފާ ދީފައިމިވަނީ އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިހާޞުތަކުގައި ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު ސަރުކާރުގެ އިސް މަގާުތަކުގައި ތިބި ގިނަ ބަޔަކު އިސްތިއުފާ ދެމުންދާ ދަނޑިވަޅެއްގައެވެ.









