March 27, 2026
Advertisement
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފު
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފު / ތޭރަ އޮންލައިން

ޕީއެންސީއިން ކުޅުދުއްފުށީގެ އިދިކޮޅު މޭޔަރު ކެންޑިޑޭޓަށް ރިޝްވަތު ހުށަހެޅިކަމުގެ އަޑުތަކެއް!

Feb 10, 2026, 02:09 AM
މާލެ ސިޓީ

ސަރުކާރު ތަމްސީލުކުރަމުން އަންނަ ޕީއެންސީއިން ކުޅުދުއްފުށި ސިޓީގެ އިދިކޮޅު މޭޔަރު ކެންޑިޑޭޓަށް ރިޝްވަތު ހުށަހެޅިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

މި ވާހަކަތައް ހިއްސާ ކުރައްވާފައިވަނީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހުގެ އެކްސް ޕޯސްޓުގައި މި ސަރުކާރު ކޮރަޕްޓް ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާ ވަނީ ރައީސް އަޮފީހުގެ މިނިސްޓަރު އަލީ އާރިފުއަށް ކަމެއް ސާފުކޮށްދިނުމަށް އެދިފައެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީގެ އިދިކޮޅު މޭޔަރ ކެންޑިޑޭޓު (މިހާރުވެސް މޭޔަރު ކަމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ މުހައްމަދު އާތިފު)އަށް ހުޅުމާލެއިން ބިމަކާ އެބިމުގައި ގެ އަޅާނެ ފައިސާ ދޭނެ ކަމަށް ވިދާޅުވެ ނަން ނަގަން އަލީ އާރިފު ބާރު ނާޅަންތޯ އައްސަވާ މަލީހު ވަނީ އަލީ އާރިފަށް ވަރަށް ވަރިގަދަ ސުވާލެއް ތުހުމަތުތަކަކާ އެކު އަމާޒުކުރައްވާފައެވެ. އަދި އެއީ ޤާނޫނާއި ޚިލާފު ބޮޑެތި ކުށްތައްކަން ވެސް މަލީހު ވަނީ ފާހަގަކުރައްވާފައެވެ.

މަލީހުގެ މި ޕޯސްޓާ ގުޅިގެން މޭޔަރ އާތިފަށް މައުލުމާތު ސާފުކުރުމަށް ގުޅާލުމުން އަދި ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ޕީއެންސީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވެ އެ ޕާޓީއިން ދަނީ އިދިކޮޅު މި ނޫނަސް ގިނަ ކެންޑިޑޭޓުންތަކަކަށް އެކި ދިމާ ދިމާއިން ހުށަހެޅުންތައް ހުށަހަޅަމުން ކަމަށް އަޑުތައް ފެތުރިފައިިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved