March 10, 2026
Advertisement
ޒެއިން ޔާމީން
ޒެއިން ޔާމީން / ތޭރަ އޮންލައިން

ވަކި ލެވެލްއަކަށް ރައްޔިތުން ތިރިވާން ބުނުމަކީ މިނިސްޓަރެއްގެ ހުންނަންވާނެ ސިފައެއް ނޫން: ޒޭން

Aminath Zara
އައިމިނަތު ޒާރާ
Jul 26, 2024, 03:36 PM
މާލެ ސިޓީ

ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ޚަރަދުކުުޑަ ކުރުމަށްޓަކައި އާންމު ރައްޔިތުން ގަރުދިޔަ އާއި ބަތަށް ތިރިވެލަން ޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް ވިދާޅުވެފައިވާތީ ޕީއެންއެފްގެ ރައީސް ޒެއިން ޔާމީން ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޒެއިން ވިދާޅުވީ ވަކި ލެވެލް އަކަށް ރައްޔިތުން ތިރިވާން މިނިސްޓަރ ލެވެލްގެ ބޭފުޅަކު ވިދާޅުވަމީ އެފަދަ މަގާމެއްގައި ހުރުމުގެ ޝަރުތު ގެއްލިގެންދާ ވަރު ކަމެއް ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ވަކި ލެވެލް އަކަށް ތިރިވާން އެންގުމަކީ ގައުމު ހިންގުމުގެ ކުޅަދާނަކަން ލިބިފައި ނެތް ކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ގަރުދިޔަ އާއި ބަތަކީ ދިވެހިންގެ މުއްސަނދި ކެއުމެއް ކަމަށާއި އެފަދައިން ނިކަމެތި ކޮށް ދެކެން ޖެހޭ ކެއުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސިފަކުރެއްވިއެެވެ.

ޚަރަދުކުޑަކުރުމަށް ރައްޔިތުންނަށް ގޮތްތަކެއް ހޯއްދަވައި ދެއްވަން ޖެހޭ ކަމަށާއި އިގުތިސާދު ދަމަހައްޓާ މަންފާ އިތުރުކުރާނެ ގޮތްތައް ރާވާ ތަންފީޒު ކުރަންޖެހޭނެކަމަށްވެސް ޒެއިން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved