March 10, 2026
Advertisement
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / -

ޕީއެންސީ ޕީޖީ ގްރޫޕު ބައްދަލުވުން: އައްޅޮއާ އާރިފު މެދުވެރިކޮށް ސަރުކާރަށް ޑިމާންޑްތަކެއް!

Dec 3, 2024, 12:40 AM
މާލެ ސިޓީ

މިއަދުގެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ ޕީއެންސީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ބައިވެރިވެފައިވާއިރު އެ ދެ މިނިސްޓަރުން މެދުވެރިކޮށް ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ގިނަ ޑިމާންޑްތަކެއް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ނަން ހާމަނުކުރުމަށް އެދި "ތޭރަ އޮންލައިން"އަށް މައުލޫމާތު ދިން މަޖިލިސް ޕީއެންސީގެ މެމްބަރަކު ހާމަކުރި ގޮތުގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން، އަލީ އާރިފް އާއި އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޕީޖީ ގުރޫޕު ބައްދަލުވުމުގައި ދައުލަތުގެ ތިން މިނިސްޓަރަކު ވަކިކުރުމަށާއި ޕާޓީ ހިންގުމުގެ ބާރު މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ދިނުން ހިމެނޭހެން ގިނަ ޑިމާންޑުތަކެއްކޮށްފައިވެއެވެ.

އެގޮތުން ގިނަ މެންބަރުން ޑިމާންޑު ކުރީ ހޯމް މިނިސްޓަރު އިހުސާން އާއި އެޑިއުކޭޝަން މިނިސްޓަރާއި އޭޖީ ވަކި ކުރަން އަދި ސިޔާސީ ބާރުތަކާއި ޕާޓީ ހިންގުމުގެ ބާރުތައް އަދުރޭއަށްދީ އަދުރޭއާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދަންކަމަށް އެ މެމްބަރު ކިޔައިދީފައިވެއެވެ. އަދި އެހެން އެކަން ނުކޮށްފި ނަމަ އެ މެމްބަރުން ޕީއެންސީއިން ވަކިވާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މަޖިލީހުގައި އޮތް ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއިރު، ޕީއެންސީގެ މަޖިލިސް މެންބަރުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒުފޯރުވާ ކޮންޓްރޯލުކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހާކަމުގެ އަޑުގަދަވެފައި މީގެކުރިން ވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ހަސަން
Dec 3, 2024, 12:47 PM
އޭއީހަމަރަގަޅުކަމެއްއެކުރަނީ މިހާރުން މިހާރަށް ހޯމަ މިނިސްޓަރ އަލީއިހުސާންވަކިކުރަންވީ އެއީގައުމްގެގިނަޒުވާންނުބޭނުމެއް އެބޭފުޅާ ބަހައްޓާކަށް އަޅުގަޑު ހަމަތާއީދު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved