March 10, 2026
Advertisement
އައްބާސް
އައްބާސް / ސޯޝަލް މީޑިއާ

އަލީ އާރިފަކީ ވެސް ސިޔާސީ ޕާޓީތަކުން ދުވާ ކާޅެއް: އައްބާސް

Aishath Naja
އައިޝަތު ނަޖާ
Sep 1, 2025, 06:48 PM

ފަލާހު ދިދާއުކޮށް އަލީ އާރިފް ވާހަކަ ދެއްކެވުމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ފަލާހު ނޫސްވެރިން އުލުބައިންދަން ގޮވާލުމާއެކު ހޫނު ފެނަށް ވެއްޓުމުން ފަލާހުގެ ދިފާއުގައި ނިކުމެ އަލީ އާރިފް ވިދާޅުވީ މީހަކަ ގެއްލުންދޭކަށް ފަލާހު ނުގޮވާލާނެކަމަށެވެ.

މިއާއެކު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ޕާޓީން އަނެއްޕާޓީން އެކި ސިޔާސީ ލީޑަރުންނަށް އެކިދުވަހު އެކިގޮތަށް ހުތުރުބަހުން ހިތުހުރިހާ އެއްޗެއް ގޮވަމުން ކާޅެއްހެން ދުވި ބޭފުޅެއްގެ ކަންފަތުގައި މަޑުހެދިފައި ހުރީމައި ރޯމާދުވާލު ރައްޔިތުން ކުރިމަތީގައި ފަލާހް ގޮވި އެއްޗެއްގެ އަޑު ނީވެދާނެކަމަށެވެ.

އަލީ އާރިފް ކަހަލަ ދެފުށްދެގޮތް މުނާފިގުން ގެ ސަބަބުން ޤައުމު ހަލާކުވެ ރައްޔިތުން ބިކަހާލުގައި އުޅެންޖެހިފައިވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އަލީ އާރިފް ކަހަލަ މީހުންނަށް މީހުން ކިޔާ އުޅެނީ ސިޔާސީ ކާޅުންކަމަށާއި އަމިއްލަފުޅަށް މުޑުދާރު ސިޔާސީ ހިސްޓްރީއަށް ބަލާލުމަށް ވެސް އައްބާސް ގޮވާލެއްވިއެވެ.

އަބަދު ޖެހެނީ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ޕޯސްޓު ޝެއާރ ކޮށްލަންކަމަށާއި އެއަށް ރިއެކްޓުކޮށްލާނެ 50 މީހުންވެސް ހަމަނުވާކަމަށް އައްބާސް ފާހަގަކޮށްފައިވެއެވެ.އެއީ އަލީ އާރިފްގެ ފަސްބައި ސާފު ނުވެފައި މުޑުދާރުވީމަކަމަށާއި ތާއަބަދު އުބަށް ޖައްސަވަމުން ދުވާތިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved