March 11, 2026
Advertisement
ދީދީ އާރިފަށް: ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން އޮޅުވާލެވާނެ ކަމަށް ހީނުކުރާތި
ދީދީ އާރިފަށް: ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން އޮޅުވާލެވާނެ ކަމަށް ހީނުކުރާތި / ސޯޝަލް މީޑިއާ

ދީދީ އާރިފަށް: ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން އޮޅުވާލެވާނެ ކަމަށް ހީނުކުރާތި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2026, 04:21 PM
މާލެ ސިޓީ

ގައުމުގެ ކަންކަމުގައި، ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން ސަލާމަތްވާނެ ކަމަށް ހީނުކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރަފަށް އަމާޒުކޮށް ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ދީދި މިފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އާއި ގުޅުވައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ބެހޭގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ ކުރެއްވި "އެކްސް" ޕޯސްޓެއްގައެވެ.

ދީދީ  ވިދާޅުވީ، "ސަރުކާރުން ކުރަން އުޅެނީ ރަނގަޅު ކަމެކޭ، އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތޭ" ކިޔާ، ކޮންމެ މީހަކު ވެސް އެމީހެއްގެ "ކޮމަން ސެންސް" އަށް ފެންނަ ގޮތަކަށް، ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން ރައްޔިތުން އޮޅުވައިލެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

މި ބަހުސަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާ ގުޅިގެން އުފެދިފައިވާ ބަހުސެކެވެ. ޑރ. ދީދީ ވަނީ މި އިޞްލާޙަކީ އެއަށް ދުސްތޫރީ ޝަރުޢިއްޔަތު ނުވަތަ "ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ އިޞްލާޙެއްތޯ ޑރ ދީދީ ސުވާލު ކުރަށްވާފައެވެ. ދީދީ އިތުރަށް ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިޞްލާޙަކަށް އިޖްރާއީ ނުވަތަ "ފޯރމަލް ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ" ގެ އިތުރުން މައުޟޫޢީ ނުވަތަ "ސަބްސްޓެންޓިވް ލެޖިޓިމެސީ" ލިބިގެންވުން ލާޒިމްވެގެންވެއެވެ.

ނަމަވެސް، މިހާރު ގެނެސްފައިވާ އިޞްލާޙަކީ ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަށް އިޙުތިރާމް ކުރުމަކާ ނުލައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ގެނެސްފައިވާ "ތަޢައްސުފީ" އިޞްލާޙެއް ކަމަށް ޑރ. ދީދީ ތުހުމަތު ކުރެއްވިއެވެ.  

މީގެ އިތުރުން ޑރ. ދީދީ އިތުރަށް ވިދާޅުވީ، މިކަމުގެ ތަފްޞީލީ މަޢުލޫމާތާއި ޤާނޫނީ ނުކުތާތަކަށް އެކިއެކި ފޯރަމްތަކުގައި ކަމާބެހޭ ސްޕެޝަލިސްޓުން މީގެ ކުރިން ވެސް އަލިއަޅުވައިލައްވާފައިވާނެ ކަމަށެވެ.މި މައްސަލާގައި ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެފައިވަނީ، ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ކުރިނަމަވެސް އިދިކޮޅު އެމްޑީޕީން އެކަމާއި ދެކޮޅު ހަދާނެ ކަމަށެވެ. އަދި ތިން އިންތިޚާބު އެކުގައި ބޭއްވުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

ޑރ ދީދީގެ މިފަދަ ހޫނު ބަހުގެ ހަމަލާތަކެއް އަލީ އާރިފަށް އަމާޒުކޮށްފައިވާއިރު، ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ކުރަމުްނ ދަނީ ހީލަތްތެރި މަސައްކަތްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved