theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހަނިމާދޫ އެއާޕޯޓު ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް ވަޑައިގެންފި / ފޮރިން މިނިސްޓްރީ
ހަބަރު
ހަނިމާދޫ އެއާޕޯޓު ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް ވަޑައިގެންފި
Faina Faiz
ފައިނާ ފާއިޒް
09 ނޮވެމްބަރު 2025
މާލެ ސިޓީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަމްދޫބެއް ރާއްޖެއަށް ވަޑައިގެންފިއެވެ.

މި ހަފްލާގައި ބައިވެރިވުމަށް ރާއްޖެއަށް ވަޑައިގެންފައިވަނީ، އިންޑިއާގެ ސިވިލް އޭވިއޭޝަން ވަޒީރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ކަމަށް ފޮރިން މިނިސްޓްރީގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހާމަކޮށްފައިއެވެ.

މި ހާއްސަ މެހެމާނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުރުވީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ކަމަށް ވެސް އެ ވުޒާރާއިން ކުރި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދުގެ ސަރުކާރުގައި، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު، 2 ބިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved