theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ޒުވާނަކަށް މަލާމަތްކުރި މައްސަލައެއް ފެންމަތިވެއްޖެ
Yana Shareef
ޔާނާ ޝަރީފް
02 ޖެނުއަރީ 2026

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު، ޒުވާނަކަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައެއް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާން، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ޒުވާނެއްގެ ފޮޓޯއެއް ހިއްސާކޮށް، އެ ކުއްޖާއަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ އިބާރާތްތަކެއް ބޭނުންކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އާންމުން ދަނީ ބުނަމުންނެވެ.

މި ހާދިސާއާ ގުޅިގެން "އެކްސް" ގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. ވަކިން ހާއްސަކޮށް، އިޖުތިމާއީ ރައްކާތެރިކަމާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާއެއްގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު، އާންމު ފަރުދަކަށް ނިސްބަތްކޮށް މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެއެވެ.

މި މައްސަލަ ހޫނުވެފައިވާއިރު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، ސްޓޭޓް މިނިސްޓަރުގެ މި އަމަލަކީ ސައިބަރ ބުލީއިން ނުވަތަ މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ޖެންޑަރ މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އަޚްލާގީ ގޮތުން ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް އާންމުން ދަނީ ގޮވާލަމުންނެވެ. އަދި މިފަދަ ކަންކަމުގައި ޒިންމާދާރު ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އާންމުން ދަނީ އެދެމުންނެވެ.

https://x.com/HKurusee/status/2007037820230115484?s=20
ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved