March 14, 2026
Advertisement
.
. / ރައީސް އޮފިސް

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކޮށް ސަނާކިޔުމުން މޯދީ އުފާވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Jan 27, 2026, 06:44 PM

އިންޑިއާގެ ޖުމްހޫރީ ދުވަސް ސަރުކާރުން ކުލަގަދަކޮށް ފާހަގަކޮށް ސަނާކިޔައިފިއެވެ.

Advertisement

އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްްވީ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ.އަބްދުالله ހަލީލްއެވެ.

މި ޖަލްސާގައި އިންޑިއާގެ ހައިކޮމިޝަންގެ އިސްވެރިންނާއި ރާއްޖޭގެ ކުރީގެ ދެ ރައީސުންކަމަށްވާ އިބްރާހިމް މުހައްމަދު ޞާލިހާއި މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާއަށް ސަނާ ކިޔުއްވާ ހަލީލް ވިދާޅުވީ އިންޑިއާއާއި ނުލައި ރާއްޖެއަށް ނޫޅެވެނެކަމަށެވެ. އިންޑިއާގެ އެހީތެރިކަން އަބަދުވެސް ބޭނުންވާކަމަށް ވިދާޅުވެ ހަލީލް ވަނީ އިންޑިއާގެ އަޅެއްގެ ގޮތުގައި ވާހަކަ ދައްކަވާފައެވެ.

އިއްޔެ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އެކްްސްގައި ޕޯސްޓެއް ކުރައްވާ އިންޑިއެާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އެ ޕޯސްޓަށް ރައްދު ދެެއްވާ މިއަދު ޕޯސްޓެއް ކުރައްވާފައެވެ.

މޯދީ ވިދާޅުވީ އިންޑިއާގެ އެހޯތެރިކަން ރާއްޖެއަށް އަބަދުވެސް ލިބޭނެކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރުން އިންޑިއާގެ ފައިބުޑަށް އަބަދު ވެއްޓެނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved